ޑެމްބެލޭ އާއި އެމްބާޕޭ ހިމަނައިގެން ފްރާންސްގެ ސްކޮޑު އިއުލާންކޮށްފި

ފްރާންސް ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކަަމށް ބެލެވޭ ޑެމްބެލޭ އަދި އެމްބާޕޭ: ފޮޓޯ/ ބީބީސީ ސްޕޯޓްސް

އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑްކަޕަށް ތައްޔާރުކުރި ފްރާންސްގެ ސައްބީސް ކުޅުންތެރިންގެ ގައުމީ ސްކޮޑު ކޯޗު ޑިޑިއޭ ޑިޝޯމްޕް ވަނީ މިއަދު އިއުލާންކޮށްފިއެވެ. މި ސްކޮޑުގައި ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، ޓީމުގެ އެންމެ އިސް ދައުރެއް އަދާކުރާނީ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި އުސްމާން ޑެމްބެލޭއެވެ. ދެހާސް އަށާރަ ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ސްކޮޑުގައި ހިމެނެނީ އެމްބާޕޭ އާއި ޑެމްބެލޭގެ އިތުރުން ލޫކަސް ހެނާންޑޭޒް އަދި އެންގޯލޯ ކާންޓޭއެވެ. ނަމަވެސް އެޑުއާޑޯ ކަމަވިންގާ އާއި ރަންޑަލް ކޯލޯ މުއާނީއަށް ފުރުސަތު ލިބިފައެއް ނުވެއެވެ. ފްރާންސްގެ އެޓޭކް އަދި ޑިފެންސް ވަރުގަދަ ކުރުމަށްޓަކައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ވެސް ވަނީ ޓީމުގައި ހިމަނާފައެވެ. އެމްބާޕޭއަށް ލިބުނު އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމަކީ ފްރާންސް ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ފްރާންސްގެ ފުރަތަމަ މެޗުގައި ޖޫން ސޯޅަ ވަނަ ދުވަހު ނުކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ. އެ ޓީމު ހިމެނޭ ގްރޫޕް އައި ގައި ދެން އޮތީ އިރާގާއި ނޯވޭއެވެ.

  • ފްރާންސްގެ 26 ކުޅުންތެރިންގެ ސްކޮޑު ކޯޗު ޑިޑިއޭ ޑިޝޯމްޕް އިއުލާންކޮށްފި.
  • ކެޕްޓަން އެމްބާޕޭ އާއި ޑެމްބެލޭ ސްކޮޑުގައި ހިމެނިފައިވޭ.
  • 2018 ގެ ޗެމްޕިއަން ޓީމުގެ 4 ކުޅުންތެރިއަކު ސްކޮޑުގައި ހިމެނޭ.
  • އެޑުއާޑޯ ކަމަވިންގާ އާއި ރަންޑަލް ކޯލޯ މުއާނީއަށް ސްކޮޑުން ޖާގަ ނުލިބޭ.
  • ފްރާންސްގެ ފުރަތަމަ މެޗު ޖޫން 16 ގައި ސެނެގާލްއާ ދެކޮޅަށް ކުޅޭނެ.

އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ފްރާންސްގެ ގައުމީ ޓީމުގެ 26 ކުޅުންތެރިންގެ ސްކޮޑު ކޯޗު ޑިޑިއޭ ޑިޝޯމްޕް މިއަދު އިއުލާން ކޮށްފިއެވެ.

މި ސްކޮޑުގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފްރާންސް އިން ވޯލްޑްކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ސްކޮޑުން ޖާގަ ލިބިފައިވަނީ ކިލިއަން އެމްބާޕޭ އާއި އުސްމާން ޑެމްބެލޭގެ އިތުރުން ލޫކަސް ހެނާންޑޭޒް އަދި އެންގޯލޯ ކާންޓޭ އަށެވެ.

ނަމަވެސް 2022 ވަނަ އަހަރުގެ ސްކޮޑުގައި ހިމެނުނު ރެއާލް މެޑްރިޑްގެ އެޑުއާޑޯ ކަމަވިންގާ އާއި ޓޮޓްނަމްގެ ރަންޑަލް ކޯލޯ މުއާނީއަށް މިފަހަރުގެ ސްކޮޑުން ފުރުސަތެއް ނުލިބެއެވެ.

ފްރާންސް ވޯލްޑް ކަޕް ސްކޮޑަށް ނެގި 26 ކުޅުންތެތިން:

ފްރާންސް ޓީމުގެ ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިން....

ގޯލްކީޕަރުން: މައިކް މައިންޔާން (އޭސީ މިލާން/އިޓަލީ)، ރޮބިން ރިސާ (ލެންސް)، ބްރައިސް ސަމްބާ (ރެންސް)

ޑިފެންޑަރުން: ލޫކަސް ޑީނިއޭ (އެސްޓަން ވިލާ/އިނގިރޭސިވިލާތް)، މާލޯ ގުސްޓޯ (ޗެލްސީ/އިނގިރޭސިވިލާތް)، ލޫކަސް ހެނާންޑޭޒް (ޕީއެސްޖީ)، ތިއޯ ހެނާންޑޭޒް (އަލް ހިލާލް/ސައުދީ)، އިބްރާހިމާ ކޮނާޓޭ (ލިވަޕޫލް/އިނގިރޭސިވިލާތް)، މެކްސެންސް ލަކްރޯއާ (ކްރިސްޓަލް ޕެލަސް/އިނގިރޭސިވިލާތް)، ޖޫލްސް ކޫންޑޭ (ބާސެލޯނާ/ސްޕެއިން)، ވިލިއަމް ސަލީބާ (އާސެނަލް/އިނގިރޭސިވިލާތް)، ދަޔޫ އުޕަމެކާނޯ (ބަޔާން މިއުނިކް/ޖަރުމަނު)

މިޑްފީލްޑަރުން: އެންގޯލޯ ކާންޓޭ (ފެނަބާޗޭ/ތުރުކީ)، މަނޫ ކޯނޭ (ރޯމާ/އިޓަލީ)، އެޑްރިއަން ރަބިއޯ (އޭސީ މިލާން/އިޓަލީ)، އައުރެލިއަން ޗުއަމެނީ (ރެއާލް މެޑްރިޑް/ސްޕެއިން)، ވޮރެން ޒައިރް-އެމެރީ (ޕީއެސްޖީ)

ފޯވާޑުން: މެގްނަސް އަކްލިއޫޝް (މޮނާކޯ)، ބްރެޑްލީ ބާކޯލާ (ޕީއެސްޖީ)، ރަޔާން ޗެރްކީ (މެންޗެސްޓަރ ސިޓީ/އިނގިރޭސިވިލާތް)، އުސްމާން ޑެމްބެލޭ (ޕީއެސްޖީ)، ޑެސިރޭ ދޫއޭ (ޕީއެސްޖީ)، މައިކަލް އޮލީސޭ (ބަޔާން މިއުނިކް/ޖަރުމަނު)، ކީލިއަން އެމްބާޕޭ (ރެއާލް މެޑްރިޑް/ސްޕެއިން)، ޖީން-ފިލިޕް މަޓެޓާ (ކްރިސްޓަލް ޕެލަސް/އިނގިރޭސިވިލާތް)، މާކަސް ތުރާމް (އިންޓަ މިލާން/އިޓަލީ)

މިފަހަރުގެ ޓީމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި ޕީއެސްޖީގެ ފޯވަޑް އުސްމާން ޑެމްބެލޭ އެވެ.

ފްރާންސްގެ އެޓޭކް ވަރުގަދަ ކުރުމަށްޓަކައި ބަޔާން މިއުނިކްގެ މައިކެލް އޮލީސޭ އާއި ޕީއެސްޖީގެ ޑިޒިރޭ ޑުއޭގެ އިތުރުން މެންޗެސްޓަރ ސިޓީގެ ރަޔާން ޗާރކީ ވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ. އަދި ޑިފެންސްލައިން ބެލެހެއްޓުމުގައި އާސެނަލްގެ ވިލިއަމް ސަލީބާ މުހިންމު ދައުރެއް އަދާކުރާނެއެވެ.

މި ސީޒަނުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެމްބާޕޭއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައި ނުވި ނަމަވެސް، އޭނާ މިހާރު ވަނީ އަލުން އަނބުރާ ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. މިއީ ފްރާންސް ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 56 ލަނޑު ޖަހައިދީފައިވާ އެމްބާޕޭ އަކީ އެ ގައުމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

އެމްބާޕޭއަށް ވުރެ ގިނަ ލަނޑު ޖަހާފައިވަނީ އޮލީވިއާ ޖިރޫ އެވެ. މީގެ އިތުރުން ސްކޮޑުގައި ހިމެނޭ އުސްމާން ޑެމްބެލޭ ވަނީ ގައުމީ ޓީމަށް 35 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ވޯލްޑް ކަޕްގެ ފްރާންސްގެ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ނުކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ. ގްރޫޕް އައި ގައި ދެން ހިމެނެނީ އިރާގާއި ނޯވޭއެވެ.

comment ކޮމެންޓް