ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން، މިހާތަނަށް ފެނިފައިވަނީ އެކަކު ކަމަށާއި، ފަސް މީހުން ވެސް މަރުވެފައިވާކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ފަހުން ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި ގެއްލިގެން އުޅޭ ފަސް މީހުންނަކީ ވެސް އިޓަލީ ފަތުރުވެރިންނެވެ.
މީގެ ކުރިން ފުލުހުން ވަނީ ގެއްލުނު ފަސް މީހުންވެސް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް މައުލޫމާތު ދީފައެވެ. ނަމަވެސް، ފުލުހުން ދެންމެ ބުނެފައިވަނީ، އެންމެން ފެނިފައިވާ ކަމަށް ކުރިން ބުނެވުނީ އެމީ ހުން ހޯދުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް އެރި އޮޅުމަކުން ކަމަށެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ހުއްޓުމެއް ނެތި ކުރަމުންކަމަށް ބުންޏެވެ.
މި މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާއާ ހިއްސާ ކުރަމުންދާނެ ކަމަށެވެ. ގެއްލިފައިވާ މީހުން ހޯދުމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.