ތަމަންނާ ކުޅޭ ބިރުވެރި ފިލްމުގެ ރޯލެއް އާޔުޝްއަށް

ބޮލީވުޑްގެ އެކްޓަރު އާޔުޝް ޝަރުމާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބާލާޖީ ޓެލެފިލްމްސް އިން ގެނެސްދޭ ކާމިޔާބު ބިރުވެރި ފިލްމު ފްރެންޗައިޒް ރާގިނީ އެމްއެމްއެސް ގެ ތިންވަނަ ފިލްމަށް އާޔުޝް ޝަރްމާ ވަނީ ސޮއިކޮށްފައެވެ. މި ފިލްމުގެ ލީޑް ރޯލުން ތަމަންނާ ބާޓިއާ ފެންނައިރު، ފިލްމުގައި އާޔުޝް އަދާކުރާނީ ތަމަންނާގެ ލޯބިވެރިޔާގެ ރޯލެވެ. އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޝަޝަންކާ ގޯޝް ޑައިރެކްޓްކުރާ މި ފިލްމުގައި ނަރުގިސް ފަހްރީ އާއި ޖުނައިދު ޚާން ވެސް ހަރަކާތްތެރިވާނެއެވެ. ފިލްމުގެ މަސައްކަތް ލަސްވެފައިވަނީ ކުރިން ހަމަޖެއްސި ޑައިރެކްޓަރު ވަކިވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު ވަނީ ޖުލައި މަހު ފިލްމުގެ ޝޫޓިންގ ފެށުމަށް ނިންމާފައެވެ.

  • ރާގިނީ އެމްއެމްއެސް 3 ގެ މުހިއްމު ރޯލަކަށް އާޔުޝް ޝަރްމާ ސޮއިކުރުން
  • ލީޑް ބަތަލާގެ ރޯލުން ފެންނާނީ ތަމަންނާ ބާޓިއާ
  • ފިލްމު ޑައިރެކްޓްކުރާނީ ޝަޝަންކާ ގޯޝް އަދި ޕްރޮޑިއުސްކުރާނީ އެކްތާ ކަޕޫރު
  • ނަރުގިސް ފަހްރީ ފެންނާނީ ފުލުސް އޮފިސަރެއްގެ ރޯލުން
  • ފިލްމުގެ ޝޫޓިންގ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވުން

މީގެ އަހަރުތަކެއް ކުރިން ބާލާޖީ ޓެލެފިލްމްސްގެ ގޮފި އޭއެލްޓީ ބާލާޖީއިން ގެނެސްދިން ބިރުވެރި ފިލްމު "ރާގިނީ އެމްއެމްއެސް"ގެ ތިން ވަނަ ފިލްމުގެ ރޯލަކަށް އެކްޓަރު އާޔޫޝް ޝަރްމާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބަތަލާ ތަމަންނާ ބާޓިއާ ލީޑް ރޯލްއިން ފެންނާނެ މި ފިލްމަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޝަޝަންކާ ގޯޝް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

އާޔޫޝްގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްއިން ޒުވާން އެކްޓަރު ޖުނައިދު ޚާން އަދި ބަތަލާ ނަރުގިސް ފަހްރީ ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ރާގިނީ އެމްއެމްއެސް 3"ގައި އާޔޫޝް ފެންނާނީ ބަތަލާ ތަމަންނާގެ ލޯބިވެރިޔާގެ ރޯލްއިންނެވެ. އަދި ނަރުގިސް ފިލްމުގައި ކުޅެން ހަމަޖެހިފައި ވަނީ ފުލުސް އޮފިސަރެއްގެ ރޯލް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ބަތަލާ ތަމަންނާ އަދި އާޔުޝް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމު މިދިޔަ އަހަރު އިއުލާނުކުރި ނަމަވެސް ފިލްމުގެ މަސައްކަތް ނުފެށި ލަސްވީ ކުރިން ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި ސާހިރު ރަޒާ ކުއްލިގޮތަކަށް ފިލްމުން ވަކިވުމުންނެވެ. ފިލްމު ފިލްމު "ރާގިނީ އެމްއެމްއެސް 3"ގެ މަސައްކަތް ފަށަން ކުރިން ނިންމީ މި އަހަރުގެ ޖަނަވަރީ މަހު ކަމަށްވިޔަސް މިހާރު ފިލްމުގެ މަސައްކަތް މި މަހުގެ ޖުލައި މަހު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާންގެ ޅިޔަނު އާޔުޝް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2024 ވަނަ އަހަރުއެވެ. އެ އަހަރު ގެނެސްދިން ވަރުގަދަ އެކްޝަން ތުރިލާ "ރުސްލާން" އަކީ އާޔުޝްގެ ކެރިއަރުގެ ތިން ވަނަ ފިލްމެވެ. އޭގެފަހުން އާޔުޝް "ކްވާތާ"ގެ ނަމުގައި އުފައްދާ ފިލްމެއް އިއުލާނުކުރި ނަމަވެސް އެ ފިލްމުގެ މަސައްކަތް ފެށިކަމެއް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް