ތެލެސީމިއާ އާއިލާތަކަށް ބޭނުންވާނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް: ރައީސް

ރައީސް ތެލެސީމިއާ ސެންޓަރުގައި: ވިދާޅުވީ، ތެލެސީމިއާ އާއިލާތަކަށް ބޭނުންވާނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ތެލެސީމިއާ އާއިލާތަކަށް ބޭނުންވާ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ޒިންމާއެއް ކަމަށެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ތެލެސީމިއާ ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް އަޅުގަނޑުމެންގެ އަމިއްލަ ދަރިންކަމުގައި ދެކި އޯގާތެރިކަމާއެކު އެހީތެރިވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މެއި މަހު ހުޅުމާލޭގައި ގާއިމުކުރެވުނު އައު ތެލެސީމިއާ ސެންޓަރާއި ސަރުކާރުން އިމާރާތްކުރުމަށް ނިންމާފައިވާ ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލުގެ މައުލޫމާތުވެސް މި ޚަބަރުގައި ފާހަގަކޮށްފައިވެއެވެ. އިންސާނިއްޔަތުކަން އިސްކޮށް ބަދަހި މުޖުތަމައުއެއް ބިނާކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

  • ތެލެސީމިއާ އާއިލާތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވުން
  • ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން މުޖުތަމައުގެ އޯގާތެރިކަމާއި އެހީތެރިކަމަށް ގޮވާލެއްވުން
  • ކުރިން ހުރި ބާ އިމާރާތުގެ ބަދަލުގައި ހުޅުމާލޭގައި އައު ތެލެސީމިއާ ސެންޓަރެއް ގާއިމުކޮށްފައިވުން
  • ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވުން

ތެލެސީމިއާ އާއިލާތަކަށް ބޭނުންވާނެ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ތެލެސީމިއާ ތަހަންމަލު ކުރާ ކޮންމެ ދިވެއްސަކީ އަހަރެމެންގެ ދަރީންނާއި އާއިލާތައް ކަމަށެވެ.

މިގޮތުން، އެ އާއިލާތަކަށް ބޭނުންވާނެ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއާއި މަސްއޫލިއްޔަތެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ތެލެސީމިއާ ސެންޓަރުގައި: ވިދާޅުވީ، ތެލެސީމިއާ އާއިލާތަކަށް ބޭނުންވާނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، އިންސާނިއްޔަތުކަމާއި އޯގާވެރިކަމުގެ ސިފަތައް އިސްކުރުމަށް މިއަދު އަހަރެމެންނަށް ހަނދާންކޮށްދެއެވެ. އަދި، ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއެކު، ބަދަހި ގައުމެއް ބިނާކުރުމަށް މިއަދު ހަނދާންކޮށްދޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން މާލޭގައި ތެލެސީމިއާ ސެންޓަރުގެ ހިންގަމުން ދިޔައީ، ބާވެފައިވާ އިމާރާތެއްގައެވެ.

އެ ހާލަތުގައި އެތަން ހުއްޓައި، މިދިޔަ އަހަރުގެ މާރިޗު 23ގައި، ރައީސް މުއިއްޒު އެ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބެއްލެވިއެވެ. އޭރު އެމަނިކުފާނު ވިދާޅުވީ، ތެލެސީމިއާ ސެންޓަރުގެ ނިކަމެތި ހާލަތު އޮތީ އެނގިވަޑައިނުގެން ކަމަށާއި އެކަން ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ.

https://sun.mv/216049

މިގޮތުން، ސިފައިންނާ ހަވާލުކޮށްގެން، ޒަމާނީ ތެލެސީމިއާ ސެންޓަރެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާގައި ހަދައި، އެ ތަނަށް ބަދަލުކުރިއެވެ. އެއީ، މިދިޔަ އަހަރުގެ މެއި އަށެއްގައެވެ.

ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުން ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައިވީ ނަމަވެސް މިހާތަނަށް އެތަނުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

comment ކޮމެންޓް