ފުލުހުންގެ ޚިދުމަތުގެ އިމަޖެންސީ ނަންބަރު 119 އަދި ހޮޓްލައިން ނަންބަރު 3322111 އަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށް، އަލުން އެ ނަމްބަރުތަކުގެ ޚިދުމަތް ފަށާފައިވާ ކަމަށް އެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މިހާރު މި ދެ ނަންބަރު ވެސް ފުރިހަމައަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އާންމު ރައްޔިތުންނަށް ކުރިއެކޭ ވެސް އެއްފަދައިން މި ނަންބަރުތައް މެދުވެރިކޮށް ފުލުހުންނާ ގުޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އެ ޚިދުމަތުގެ އިމަޖެންސީ ނަންބަރު 119 އަދި ހޮޓްލައިން ނަންބަރުތަކަށް މައްސަލައެއް ދިމާވެ، ހިދުމަތަށް ބުރުއަރާފައިވަނީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލަ ދިމާވެފައިވަނީ އިމަޖެންސީ ނަންބަރު 119 ގެ އިތުރުން ހޮޓްލައިން ނަންބަރުތައް ކަމަށްވާ 3322111 އަދި 3322112 އަށެވެ. އަދި މައްސަލަ ހައްލުވަންދެން، ކުއްލި ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އާންމު ނަންބަރެއްގެ ގޮތުގައި 9888999 ބޭނުންކުރުމަށް ފުލުހުން ވަނީ އެދިފައިއެވެ.
ނަމަވެސް މިހާރު ދިމާވި މައްސަލަ ހައްލުކުރެވި އަލުން އެ ނަމްބަރުތަކުގެ ޚިދުމަތް ލިބޭނޭ ކަމަށް ފުލުހުން ވަނީ ބުނެފައެއެވެ.