ފުލުހުންގެ އިމަޖެންސީ ނަމްބަރު 911 މައްސަލަ ޖެހިއްޖެ

ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިން: ފުލުހުންގެ އިމަޖެންސީ ނަމްބަރުތަކަށް ވަނީ މައްސަލައެއް ދިމާވެ ޚިދުމަތަށް ބުރޫއަރާފަ -- ސަން ފޮޓޯ/ ނާޢިޝް ނާހިދު

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިމަޖެންސީ ނަންބަރު 911 އަދި ހޮޓްލައިން ނަންބަރުތަކަށް މައްސަލައެއް ދިމާވެ، ހިދުމަތަށް ބުރޫއަރައިފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލަ ދިމާވެފައިވަނީ އިމަޖެންސީ ނަންބަރު 911 ގެ އިތުރުން ހޮޓްލައިން ނަންބަރުތައް ކަމަށްވާ 3322111 އަދި 3322112 އަށެވެ. މި މައްސަލަ ހައްލުކުރުމަށް ފުލުހުންގެ ފަންނީ ޓީމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ހައްލުވަންދެން، ކުއްލި ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އާންމު ނަންބަރެއްގެ ގޮތުގައި 9888999 ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

"އަޅުގަނޑުމެންގެ އިމަޖެންސީ ޚިދުމަތުގެ ނަމްބަރުތަކަށް ވަނީ މައްސަލައެއް ދިމާވެފައި. އަޅުގަނޑުމެންގެ ޓީމުތަކުން ދަނީ މިހާރު ދިމާވި އެ މައްސަލަ ހައްލުކުރަމުން،" ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި މި ދަނޑިވަޅުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ކެތްތެރިކަމަށް ފުލުހުން ޝުކުރު އަދާކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް