އެމްޓީސީސީގެ ޑީއެމްޑީއަކަށް މުބީން

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި އަހުމަދު މުބީން: އޭނާ ކުރިން ހުންނެވީ އާރްއޭސީއެލްގައި -- ފޮޓޯ/ އޭނާގެ ފޭސްބުކް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން މިއަދު އައްޔަނުކޮށްފިއެވެ.

މި އައްޔަނުކުރުމާ ގުޅިގެން އެމްޓީސީސީން ވަނީ މުބީންއަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންނާއި މުޅި ޓީމުގެ ނަމުގައި މުބީންއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމްޓީސީސީން ބުނެފައިވަނީ މުބީންގެ ލީޑަޝިޕް އަދި ސްޓްރެޓީޖިކް ވިޝަންގެ ސަބަބުން ކުންފުނި އިތުރު ކާމިޔާބީތަކަކާ ހަމައަށް ވާސިލުވާނެ ކަމަށް އެ ކުންފުނިން ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ސަރުކާރުގެ މުހިންމު ކުންފުންޏެކެވެ.

މި ސަރުކާރުގައި މުބީން އެންމެ ފުރަތަމަ އައްޔަންކުރީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އެކަމަކު، އެ ކުންފުންޏާއި އެއާޕޯޓްސް ކުންފުނި އެމްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމުމުން މުބީން ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާދެއްވާފައެވެ.

comment ކޮމެންޓް