އެމްޑީޕީން ހުށަހެޅި އިންތިޚާބީ 5 މައްސަލައެއް ހައިކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން: އިންތިޚާބާ ގުޅިގެން އެ ޕާޓީން ހުށަހެޅި މައްސަލަތައް ވަނީ ބޭރުކޮށްލާފައި -- ފޮޓޯ/ އެމްޑީޕީ

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިދިކޮޅު އެމްޑީޕީން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއް އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. މި މައްސަލަތައް ބަލައިނުގަތުމަށް ނިންމެވީ ހައިކޯޓުގެ ރަޖިސްޓްރާއެވެ. ބޭރުކޮށްލި މައްސަލަތަކުގެ ތެރޭގައި މާލޭ ސަރަހައްދުގެ ތިން ވޯޓު ފޮއްޓަކާއި، ރަށު މަޑުއްވަރީ އަދި ނޫނު ވެލިދޫގެ ވޯޓާ ގުޅޭ މައްސަލަތައް ހިމެނެއެވެ. މި މައްސަލަތައް ބޭރުކޮށްލި ނަމަވެސް، އެމްޑީޕީން ވަނީ މި އިންތިޚާބުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޚާއްސަކޮށް ފަސް ސިޓީގެ މޭޔަރުކަމާއި، ގިނަ ކައުންސިލް ގޮނޑިތަކެއް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.

  • އެމްޑީޕީން ހުށަހެޅި އިންތިޚާބީ ފަސް މައްސަލައެއް ހައިކޯޓުން ބޭރުކޮށްލުން
  • އިތުރު ފަސް މައްސަލައެއް ނުނިމި ކޯޓުގައި އޮތުން
  • ބޭރުކޮށްލި މައްސަލަތަކުގެ ތެރޭގައި މާލެ، މަޑުއްވަރީ އަދި ވެލިދޫގެ ވޯޓު ފޮށިތައް ހިމެނުން
  • އިންތިޚާބުގައި އެމްޑީޕީން 289 ކައުންސިލް ގޮނޑި އަދި ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބުކުރުން

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިދިކޮޅު އެމްޑީޕީން ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ފަސް މައްސަލައެއް އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީން ހުށަހެޅި އިންތިޚާބީ އިތުރު ފަސް މައްސަލައެއް އަދި ވަކި ގޮތެއް ނުނިމި ހައިކޯޓުގައި އެބައޮތެވެ.

ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން، އެމްޑީޕީން ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާތަނަށް ބޭރުކޮށްލާފައިވާ މައްސަލަތަކީ މާލޭގެ ތިން ފޮއްޓަކާއި ގުޅިގެން ހުށަހެޅި ތިން މައްސަލައަކާއި، ރ. މަޑުއްވަރީގެ ވޯޓާ ގުޅޭ މައްސަލައަކާއި ނ. ވެލިދޫގެ ވޯޓާ ގުޅޭ މައްސަލައެކެވެ. މާލޭ ސަރަހައްދުގެ ތިން މައްސަލައިގެ ތެރެއިން ދެ މައްސަލައަކީ ހުޅުމާލޭގެ ދެ ވޯޓު ފޮއްޓަކާ ގުޅޭ ދެ މައްސަލައެކެވެ.

އިންތިޚާބާ ގުޅިގެން އެމްޑީޕީން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއް ބަލައިނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާއިރު، އެ އިންތިޚާބުން އެމްޑީޕީންވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ނަތީޖާތައް ދައްކާ ގޮތުގައި އެމްޑީޕީން 289 ގޮނޑި ކާމިޔާބުކުރިއެވެ. ޕީއެންސީއަށް ލިބުނީ 280 ގޮނޑިއެވެ. އަދި، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން 91 ގޮނޑި ކާމިޔާބުކުރިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 304 ގޮނޑި ޕީއެންސީން ކާމިޔާބުކުރިއިރު އެމްޑީޕީއަށް އެ އިންތިޚާބުގައި ހޯދުނީ 274 ގޮނޑިއެވެ. އަދި، އަމިއްލަ ގޮތުން ވާދަކުރި 78 ކެންޑިޑޭޓަކު ވެސް އިންތިޚާބު ކާމިޔާބުކުރިއެވެ.

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މާލެ ހިމެނޭހެން ފަސް ސިޓީން ހޯދި ބޮޑު ކާމިޔާބެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް ލިބުނީ އެމްޑީޕީއަށެވެ. އަދި، ކައުންސިލްތަކުގެ 41 ގޮނޑި އެ ޕާޓީން ހޯދިއެވެ.

ސިޓީތަކުން ޕީއެންސީއަށް ހޯދުނީ އެންމެ ފަސް ގޮނޑިއެވެ. ފަސް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ރައީސުންގެ ގޮނޑި ވެސް ސައްތައިންސައްތަ ނަތީޖާއަކާ އެކު ކާމިޔާބުކުރީ އެމްޑީޕީންނެވެ.

comment ކޮމެންޓް