ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންގެ އާ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" މި އަންނަ މަހު ރިލީޒްކުރާނެކަން އިއުލާނު ކުރުމަށްފަހު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭ ތާރީޚަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސްފިއެވެ.
ވަރުންގެ އިތުރުން ބަތަލާއިންގެ ރޯލްއިން ޕޫޖާ ހޭގްޅޭ އަދި މްރޫނާލް ތާކުރު ފެންނާނެ މި ރޮމޭންޓިކް ކޮމެޑީ އެންމެ ފުރަތަމަ ރިލީޒްކުރަން ތާވަލުކުރީ މި އަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހަށެވެ.
މި ތާރީޚަށް ބަދަލުތަކެއް ގެނެސް ފިލްމު މި އަންނަ މަހު ރިލީޒްކުރަން ނިންމީ މަޝްހޫރު ކަންނާޑާ އެކްޓަރުގެ ބޮޑު ބަޖެޓު ފިލްމު "ޓޮކްސިކް" ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރަން ނިންމުމާ ގުޅިގެންނެވެ.
ނަމަވެސް ފިލްމު "ޓޮކްސިކް" ރިލީޒްކުރުން އަނެއްކާވެސް ފަސްކުރުމާ ގުޅިގެން "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޕްރޮޑަކްޝަން ޓީމުން ވަނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހަށް ފިލްމު ރިލީޒްކުރުން ލަސްކޮށްފައެވެ.

ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ޒޫމް
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ގެނެސްދީ މި ފިލްމަކީ ވަރުންގެ ބައްޕަ އަދި ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ އުފެއްދުމެކެވެ. މި ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ، މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، މަނީޝް ޕޯލް، ޖިމީ ޝެރްގިލް އަދި މަނޯޖް ޕަހްވާ ފަދަ ފަންނާނުން ހިމެނެއެވެ.