ދެ މޫސުން ބެދޭތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރާ ގުޅިގެން ކުރާ ވިއްސާރައެކެވެ. މީގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، ހުޅުމާލެއަށް ހޮނު އެޅުމުގެ ސަބަބުން އިމާރާތަކަށް ގެއްލުންވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

  • މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރަށް ވުމުން ކުރާ ވިއްސާރައެއްކަން.
  • ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވުން.
  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރުން.
  • ހުޅުމާލެއަށް ހޮނުއެޅުމުގެ ސަބަބުން އިމާރާތަކަށް ގެއްލުން ލިބިފައިވުން.

މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރޭ ރީނދޫ ސަމާލު ނެރެފައި ވަނިކޮށް، ވިއްސާރައާއެކު ހުޅުމާލެއަށް ވަނީ ހޮނު ވެސް އަޅާފައެވެ. އަދި ހޮނު އެޅުމުގެ ސަބަބުން އިމާރާތަކަށް ގެއްލުންވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

https://sun.mv/221263

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރަށް ވުމުން ކުރާ ވިއްސާރައެއް ކަމަށެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދުގެ 10:00 އިން ފެށިގެން 16:00 އަށް ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލުވެސް ނެރެފައެވެ.

އިރު އޮއްސި 18:00 އަށް މޫސުން ލަފާކުރާގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަަށާއި ބައެއް ރައްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް