ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން 55 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފުލުހުންނަށް ފެނިއްޖެއެވެ. އޭނާގެ ޚަބަރެއް ނުވެގެން އާންމު ފަރާތަކުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ރޭގެ ވަގުތެއްގައި ފުލުހުން ގޮސް ބެލިއިރު އޭނާ ވަނީ މަރުވެފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުން ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. މިހާރު މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
- ރަސްގެތީމުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
- މަރުވެފައިވަނީ އުމުރުން 55 އަހަރުގެ މީހެއް
- ޚަބަރެއް ނުވާތާ 2 ދުވަސް ވެގެން ފުލުހުންނަށް ރިޕޯޓުކުރި
- ހަށިގަނޑުން އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތްކަން ހާމަކުރި
ރ. ރަސްގެތީމުން މަރުވެފައި އޮތް މީހަކު ރޭ ފެނިއްޖެއެވެ.
ފުލުހުން ބުނީ، މިއީ އެ ރަށުގައި އެކަނި ދިރިއުޅުނު މީހެއްގެ ޚަބަރެއް ނުވާތާ ދެ ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ 21:53 އެހާކަންހާއިރު ބެލިއިރު، މަރުވެފައި އޮތް މީހެއްގެ ހާދިސާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނީ، ސޯސަންގެ / ރ.ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލިބެލުމުން، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.