ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް 4 މެންބަރުން އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުން--/ފޮޓޯ، ޕީސީބީ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައު ހަތަރު މެންބަރަކު މިއަދު އައްޔަނުކޮށްފިއެވެ. މިގޮތުން އައްޔަނުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރައްވަމުން ގެންދެވި ބޭފުޅުންނެވެ. އޭގެ ތެރޭގައި ހުދާ ފަހީމް، އާއިޝަތު މަލްހާ، އަލީ ޝިނާން އަދި އާއިޝަތު އަލީ ހިމެނެއެވެ. މި ބަދަލާއެކު އެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ. ވިޒިޓް މޯލްޑިވްސް އަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ މައިގަނޑު ކުންފުންޏެވެ.

  • ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެންބަރުން އައްޔަނުކޮށްފި.
  • އައްޔަނުކުރެވުނީ ހުދާ ފަހީމް، އާއިޝަތު މަލްހާ، އަލީ ޝިނާން އަދި އާއިޝަތު އަލީ.
  • މި ބޭފުޅުންނަކީ މާލީ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން.
  • މި ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މައި އިދާރާ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އަންޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު، ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަންކުރި ކަމަށް ބުނި ނަމަވެސް، ބޯޑަށް ގެނައި ބަދަލުގެ އިތުރު ތަފުސީލެއް ދީފައިވެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންނަށް އައްޔަނުކޮށްފައިވަނީ:

  1. ހުދާ ފަހީމް، ވިލަރެސް/ ކ. ތުލުސްދޫ
  2. އާއިޝަތު މަލްހާ، ރަސްވެލި/ ރ. ރަސްގެތީމް
  3. އަލީ ޝިނާން، މއ. ރިހިރާޅު
  4. އާއިޝަތު އަލީ، މ. ވާރޭވިލާ

އޭގެ ހުދާ އެންމެ ފަހުން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ކޮމިނިއުކޭޝަން ސްޕެޝަލިސްޓެއްގެ މާގާމުގައެވެ. އަދި މަލްހާ އައްޔަންކޮށްފައިވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ކަމަށްވާއިރު، އޭނާ ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޓްރެޒަރީ މެނޭޖްމަންޓްގެ އެނަލިސްޓެއްގެ މަގާމުގައެވެ.

އާއިޝަތު ޢަލީ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. އަދި އަލީ ޝިނާން ހުންނެވީ، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

މިއަދު އައްޔަނު ކުރެއްވި ޑިރެކްޓަރުންގެ އިތުރުން، ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި، ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ތިއްބަވައެވެ. އަދި ހަތަރު ނޮންއެގްޒެކްޓިވް ޑިރެކްޓަރުންނާއި އެގްޒެކްޓިވް ޑިރެކްޓަރަކު ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް، މޯލްޑިވްސް މާކެޓިން ޕަބްލިކް ރިކޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަމުގައި ވިޒިޓް މޯލްޑިވްސް އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާރިޗް 4، 2010ގައެވެ. އެ ކޯޕަރޭޝަން އެކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ އޮގަސްޓު 14، 2011ގައެވެ.

އެމްއެމްޕީއާރުސީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަދަލުކުރެއްވީ މިދިޔަ އަހަރުގެ ޖުލައި 13ގައެވެ.

comment ކޮމެންޓް