އެޑްވަޓޯރިއަލް: ހިމޭންކަން ނިމުމަކަށް: ރާއްޖެއަށް "ޓެނާ"ގެ އިންކޮންޓިނެންސް ކެއާ

ޓެނާ ބްރޭންޑުގެ އުފެއްދުންތައް --- ފޮޓޯ: ސަން

ކުޑަކަމުދާ ތަކެތި ހިފެހެއްޓުމަށް ދަތިވުމުގެ މައްސަލަތަކަށް ޚާއްޞަކޮށްގެން އުފައްދައިފައިވާ 'ޓެނާ' ބްރޭންޑުގެ އިންކޮންޓިނެންސް ކެއާ އުފެއްދުންތައް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި މަގުބޫލު އަދި ފަސްދޮޅަސް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބްރޭންޑެކެވެ. ކުރީގެ ބޮޑެތި މީހުންގެ ނެޕީތަކާ ޚިލާފަށް، މި އުފެއްދުންތަކަކީ ދަތުރުފަތުރުކުރުމުގައާއި ކަސްރަތުކުރުން ފަދަ ކަންކަމުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ވަސީލަތްތަކެކެވެ.

  • ދުނިޔޭގެ 120 އަށްވުރެ ގިނަ ގައުމުގައި ބޭނުންކުރާ ޓެނާ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފުކުރުން.
  • އޭޑީކޭ ޖެނެރަލް ޓްރޭޑިންއަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުވެސް ޓެނާގެ ރަސްމީ އެޖެންޓުކަން.
  • މި އުފެއްދުންތަކަކީ އިޖުތިމާއީ ކަންކަމާއި ކަސްރަތުކުރާއިރުވެސް ފަސޭހައިން ބޭނުންކުރެވޭނެ ތަކެތިކަން.
  • އޭޑީކޭ ފާމަސީތަކުންނާއި އެ ކުންފުނީގެ ޕާޓްނަރުންގެ ފިހާރަތަކުން މި އުފެއްދުންތައް ލިބެން ހުރުން.

"އިންކޮންޓިނެންސް"، ނުވަތަ ކުޑަކަމުދާ ތަކެތި ހިފެހެއްޓުމަށް ދަތިވުމަކީ އާންމު ކަމެކެވެ. ނަމަވެސް، މިއީ ގިނަ ފަހަރަށް ދައްކަން ބޭނުންނުވާ، ސިއްރު ކުރެވޭ ވާހަކައެކެވެ. މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު، އުމުރުން 35 އަހަރުން މަތީގެ ކޮންމެ ތިން އަންހެނަކުން އެކަކީ މިފަދަ އުނދަގޫތަކާ ކުރިމަތިލާންޖެހޭ މީހެކެވެ. މީގެ ތެރެއިން ގިނަ ބަޔަކަށް ހަފުތާއަކު އެތައް ފަހަރަކު މިކަން ތަހައްމަލުކުރަން ޖެހެއެވެ. އެހެންނަމަވެސް، މިކަމަށް ޚާއްޞަކޮށް އުފައްދައިފައިވާ ވަސީލަތްތައް ބޭނުންކުރަނީ މަދު ބަޔެކެވެ.

މި ދާއިރާއިން ދުނިޔޭގައި ކުރިއަރައިފައިވާ ބްރޭންޑެއް ކަމަށްވާ "ޓެނާ"އަކީ މިފަދަ ފަރާތްތަކަށް އޮތް އެންމެ އިތުބާރު ހުރި ހައްލެވެ.

ފަސްދޮޅަސް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާ އެކު، ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމުގައި ޓެނާގެ އުފެއްދުންތަކާއި ޚިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ.

ކޮންމެ ދުވަހަކު ޓެނާގެ އަށް މިލިއަނަށްވުރެ ގިނަ އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެވެއެވެ. ޓެނާގެ މަގުސަދަކީ ކޮންމެ މީހަކީވެސް އަމިއްލަ ނަފުސަށް އޮންނަ އިތުބާރާ އެކު ދިރިއުޅޭ މީހަކަށް ހެދުމެވެ.

މި އޭޕްރިލް މަހުގެ 15ވަނަ ދުވަހު އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ވަނީ، ޓެނާ ބްރޭންޑުގެ އިންކޮންޓިނެންސް ކެއާ، ނުވަތަ ކުޑަކަމުދާ ނިޒާމާއި ގޮހޮރުގެ މައްސަލަތަކަށް ޚާއްޞަ އުފެއްދުންތައް ރާއްޖެއަށް ރަސްމީކޮށް ތަޢާރަފުކޮށްފައެވެ.

ޓެނާ އާ ގުޅޭ މައުލޫމާތު ދެނީ --- ސަން ފޮޓޯ

އޭޑީކޭ ޖެނެރަލް ޓްރޭޑިންއަކީ "ޓެނާ" ބްރޭންޑުގެ ބޮޑެތި މީހުންގެ ނެޕީ ރާއްޖެއަށް އެތެރެކޮށް ފޯރުކޮށްދޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، އެ ބްރޭންޑުގެ ރަސްމީ އެޖެންޓެވެ. މި އުފެއްދުންތަކަކީ އޭގެ ފެންވަރު ރަނގަޅުކަމާއި، މެދުކެނޑުމެއްނެތި ބާޒާރުން ލިބެން ހުންނާތީ ކަސްޓަމަރުންގެ މެދުގައި ބޮޑު އިތުބާރަކާއި މަގުބޫލުކަމެއް ހޯދާފައިވާ އުފެއްދުންތަކެކެވެ. އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން އަބަދުވެސް އިސްކަންދެނީ މި އުފެއްދުންތަކުގެ މަތީ ފެންވަރު ހިފަހައްޓައި، ކަސްޓަމަރުން ބޭނުންވާ ވަގުތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ހިތްހަމަޖެހުމާއެކު ދިރިއުޅުމަށް ފަރުމާކުރެވިފައިވާ އުފެއްދުންތަކެއް

މާޒީގައި މިފަދަ ކުޑަކަމުދެވުން ނުހިފެހެއްޓޭ ކަންކަމަށް ބޭނުންކުރި ވަސީލަތްތަކަކީ ބޮޑެތި، ބޭނުންކުރަން އުނދަގޫ، އަދި ހަމައެކަނި ހޮސްޕިޓަލު ފަދަ ތަންތަނުގައި ބޭނުންކުރާ ބޮޑެތި މީހުންގެ ނެޕީއެވެ.

ނަމަވެސް، ޓެނާއިން މިވަނީ މިކަން ބަދަލުކޮށްލައިފައެވެ. މަސައްކަތުގައި، ދަތުރުފަތުރުގައި، ކަސްރަތު ކުރުމުގައި އަދި އިޖުތިމާއީ ކަންކަމުގައި އުޅޭއިރުވެސް، އެހެން މީހަކަށް ފާހަގަނުވާނޭހެން، ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ޒަމާނީ އުފެއްދުންތަކެއް ޓެނާ އިން މިވަނީ ރާއްޖެއަށް ތައާރަފުކޮށްފައެވެ.

ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޓެނާ ބްރޭންޑްގެ އުފެއްދުންތައް ލިބެން ހުރުމުގެ މާނައަކީ، ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ މާކެޓްތަކުން ލިބޭ ފަދަ އިތުބާރުހުރި ޚިދުމަތެއް، ރާއްޖޭން ބޭރުން ހޯދަން ނުޖެހި، ފަސޭހަކަމާއެކު ރާއްޖެއިން ލިބިގެންދިޔުމެވެ.

ޓެނާގެ ބައެއް އުފެއްދުންތައް --- ސަން ފޮޓޯ

މި އުފެއްދުންތައް ތައާރަފުކުރުމަކީ، ރާއްޖެއަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފެށުމެއް ކަމަށް، އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، ޞިއްޙީ މަރުކަޒުތަކާއި ޑޮކްޓަރުންނާ ގުޅިގެން، މި ދާއިރާގެ ޢިލްމީ މަޢުލޫމާތު ފެތުރުމަށާއި، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މި އުފެއްދުންތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.

ޓެނާ އިންކޮންޓިނެންސް ރޭންޖުގެ އުފެއްދުންތައް މިހާރު އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ އައުޓްލެޓްތަކުންނާއި އެ ކުންފުނީގެ ޕާޓްނަރުންގެ ފިހާރަތަކުގެ އިތުރުން އޭޑީކޭ ފާމަސީތަކުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް