ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ފެހުންތެރިންނާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިންނަށް އެ މީހުންގެ އަމިއްލަ ފޭރާން ބްރޭންޑުތައް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން އެމް-7 ޕްރިންޓުން ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފިއެވެ.
މުޅި ރާއްޖޭގައި ވެސް ފެހުމާއި ފަރުމާކުރުމުގެ ހުނަރުހުރި އެތައް ބަޔަކު ތިބި ނަމަވެސް، ފެންވަރު ރަނގަޅު ޕްރިންޓިން ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަކީ މި ޚިދުމަތުގެ މައިގަނޑު މަގުސަދެވެ.
މިގޮތުން، "ތިޔަބޭފުޅުން ފަރުމާކޮށް، ކަފާ، ފަހާށެވެ! ޕްރޮފެޝަނަލް ޕްރިންޓިން ހަމަޖައްސައިދޭނީ އެމް-7 އިން." މިއީ އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ ޔަގީންކަމެވެ.
ޓީޝާޓާއި، ޚިތާނީ ހެދުން، ޖާޒީ، ޔުނީފޯމް، ޓޯޓް ކޮތަޅު، ފޮތި ބެނާ އަދި ރިސޯޓްތަކަށް ބޭނުންވާ ތަކެތީގެ އިތުރުން އަމިއްލަ އަންނައުނު ބްރޭންޑުތައް އުފައްދަން ބޭނުންވާ ފަރާތްތަކަށް ވެސް އެމް-7 ޕްރިންޓަކީ އިތުބާރުހުރި ބައިވެރިއެކެވެ.
މީގެ އިތުރުން، އާއިލާތަކާއި ސްކޫލްތަކުގެ މެދުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ވެސް އެމް-7 އިން ދަނީ ބާރުއަޅަމުންނެވެ. ކުޑަކުދިން ޓެބްލެޓް ފަދަ ސްކްރީންތަކަށް ދެވިހިފުމުގެ ބަދަލުގައި، އެކުދިން ކުރަހާ ކުރެހުންތައް ހަގީގީ އުފެއްދުންތަކަށް ބަދަލުކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި ކުޑައިރުއްސުރެ ވިޔަފާރީގެ ވިސްނުން އަށަގަންނުވައި ހަނދާންތައް ރައްކާކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ލިބިގެންދާނެއެވެ.
މި ޚިދުމަތް ހޯދުމަށް އަގުބޮޑެތި ޕްރިންޓިން މެޝިނަރީ ގަންނާކަށް ނުޖެހޭނެއެވެ. ކަސްޓަމަރުން ފޮނުވާލަން ޖެހޭނީ ހަމައެކަނި ޕްރިންޓްކުރަން ބޭނުންވާ އާޓްވޯކް (ޑިޒައިން) އެކަންޏެވެ. އެމް-7 އިން އެ ތަކެތި ފުރިހަމައަށް ޕްރިންޓްކޮށް، މާލެއިން ކަސްޓަމަރު ބޭނުންވާ ބޯޓަކަށް ނުވަތަ ދޯންޏަކަށް ޑެލިވަރީ ކޮށްދޭނެއެވެ.
ވިޔަފާރި ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ރަށްރަށުން އެމް-7 އާއެކު މަސައްކަތްކުރާނެ އައިލެންޑް ޕާޓްނަރުންނާއި އޭޖެންޓުން ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.
އެމް-7 ގެ އަމާޒަކީ ކުޑަކޮށް ފަށައިގެން، ބޮޑު ހުވަފެނަކާ ދިމާއަށް ދަތުރުކޮށް، އަމިއްލަ ބްރޭންޑެއް ބިނާކުރުމުގައި އެންމެހައި ދިވެހިންނަށް އެހީތެރިވެދިނުމެވެ.