އެޅީ ކުނިވެފައިވާ ލެޔެއް ނޫން، އިހުމާލުވި ފަރާތް ވަނީ ސަސްޕެންޑުކޮށްފައި: އެމްބީއެސް

ޖެނުއަރީ 23، 2019: ހެލްތު މިނިސްޓްރީގެ މުވައްޒަފުން ލޭ ހަދިޔާކުރުމަށް ފެށި ކޭމްޕެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން ބްލަޑް ސާވިސަސް ގެ ލޭ ރައްކާކުރާ ފްރީޒަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފިނިހޫނުމިން ބަދަލުވި ލޭ ޕެކެޓުތަކެއް ތެލަސީމިއާ ޕޭޝަންޓުންތަކެއްގެ ގަޔަށް އޮޅިގެން އެޅުނު މައްސަލައެއްގައި އިހުމާލުވި ފަރާތް ވަނީ ސަސްޕެންޑުކޮށްފައެވެ. މިއީ ކުނިވެފައިވާ ލެޔެއް ނޫން ކަމަށާއި، މި ލޭ ބޭނުންކޮށްފައިވަނީ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުގެ ތެރޭގައި ކަމަށް އެ މުއައްސަސާއިން ކަށަވަރުކޮށްދެއެވެ.

  • ފްރީޒަރަށް މައްސަލަ ދިމާވުމުން 12 ޕެކެޓު ލޭ އެހެން ފްރީޒަރަކަށް ބަދަލުކުރެވުނު
  • މީގެ ތެރެއިން 3 ޕެކެޓު ލޭ އޮޅިގެން ތެލަސީމިއާ ޕޭޝަންޓުންގެ ގަޔަށް އެޅިފައިވޭ
  • އެޅުނު ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލެޔެއް ނޫންކަން ޔަގީންކޮށްދީފައިވޭ
  • މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތް ސަސްޕެންޑުކޮށްފައިވޭ

ލޭ ރައްކާކުރާ ފްރީޒަރަކަށް ދިމާވި މައްސަލައެއްގައި އެހެން ފްރީޒަރަކަށް ބަދަލުކުރުމަށް ފަހު ބަހައްޓާފައި ހުރި ލޭ ޕެކެޓުތަކެއް، ތެލަސީމިއާ ޕޭޝަންޓުންތަކެއްގެ ގަޔަށް 'އޮޅިގެން' އެެޅުނު މައްސަލައިގައި އިހުމާލުވި ފަރާތް ސަސްޕެންޑުކޮށްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ބުނެފިއެވެ.

އެމްބީއެސްއިން އެފަދައިން ބުނީ، ސޯޝަލް މީޑިއާގައި ކުނިވެފައިވާ ލޭ ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް އަޅާފައިވާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައި އެމްބީއެސްއިން ބުނީ އެއީ މިދިޔަ އާދިއްތަ ދުވަހު ލޭ ރައްކާކުރުމަށް ބޭނުންކުރާ ފްރީޒަރެއްގެ ފިނިހޫނުމިނަށް މައްސަލައެއް ދިމާވި ހާދިސާއެއް ކަމަށެވެ. ނަމަވެސް އެއާ ޖެހިގެން އައި ހޯމަ ދުވަހު ތެލަސީމިއާ ޕޭޝަންޓުންތަކެއްގެ ގަޔަށް އަޅާފައިވާ ލެޔަކީ ސިއްހީ ގޮތުން ބަލާއިރު ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައި ހުރި ލޭ ނޫންކަމުގެ ޔަގީންކަންވާ ކަމަށް އެމްބީއެސްއިން ބުންޏެވެ.

https://sun.mv/221045

ހާދިސާ ހިނގައިދިޔަ ގޮތާ ގުޅޭގޮތުން އެމްބީއެސްއިން ބުނީ އާދިއްތަ ދުވަހުގެ ރޭ 21:00ގައި އެމްބީއެސްގެ ޚިދުމަތް ދީ ނިންމައި މަރުކަޒު ބަންދުކުރި ފަހުން، ލޭ ރައްކާކުރުމަށް ބަހައްޓާ ފްރީޒަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. އެކަން ފާހަގަވީ އެ ރޭ 22:11 ހާއިރު، ލޭ ރައްކާކުރާ ފްރީޒަރުގައި ހަރުކޮށްފައި ހުރި ފިނިހޫނުމިން މޮނިޓާކުރާ އެލާޓް ސިސްޓަމުން އެލާޓް މެސެޖު ލިބެން ފެށުމުން ކަމަށް ވެސް އެމްބީއެސްއިން ބުންޏެވެ.

އެ އެލާޓް، ކަމާ ބެހޭ ފަސް މުވައްޒަފަކަށް ލިބުމާއެކު އޭގެ ތެރެއިން ތިން މުވައްޒަފަކު، ފްރީޒަރު ހުރި ކޮޓަރިއަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ، އެހެން ފްރީޒަރަކަށް 12 ޕެކެޓު ލޭ ބަދަލުކުރި ކަމަށް އެމްބީއެސްއިން ބުންޏެވެ.

އެމްބީއެސްއިން ބުނީ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި ބޭނުންކުރާ މެޑިކަލް ގްރޭޑް މެޝިންތަކާއި އާލާތްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެ ހާދިސާގައި ވެސް އަމަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ހޯމަ ދުވަހުގެ ހެނދުނު، ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގެ އިންޓާނަލް ސިސްޓަމުގައި ރެކޯޑު ކުރެވިފައި ހުންނަ ފިނިހޫނުމިން ހުރިނެތް ގޮތުގެ އޮޓޮމޭޓެޑް ރެކޯޑުތައް ބަލާފައިވާ ކަމަށް އެމްބީއެސްއިން ބުންޏެވެ. އަދި އެނޫންވެސް މެންޑޭޓަރީ ޗެކްތައް ފުރިހަމަކުރުމަށްޓަކައި، ޓްރާންސްފިއުޝަނާ ގުޅޭ ކޮލިޓީ މިންގަނޑުތައް ހިފެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަންނީ މުވައްޒަފުންނާއި، ހުޅުމާލެ ހޮސްޕިޓަލުގެ 'ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް'ގެ ފަންނީ ޓީމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ ކަމަށް އެމްބީއެސްއިން ބުންޏެވެ.

އާއްމުގޮތެއްގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަން ވާނީ 2-6 ޑިގްރީއާ ދެމެދުގެ ފިނިހޫނުމިނެއްގައި. ނަމަވެސް ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާކަން ފާހަގަވުމުން އެ މިންވަރުގައި ހުރީ ކިހާ ވަގުތެއް ވަންދެން ކަމެއް ސިސްޓަމުގައި އޮޓޯއިން ލޮގު ކުރެވިފައި ހުރި ރެކޯޑުތައް ބަލައި ޗެކުކުރުމުން ވެސް ސިސްޓަމުން ސާފު ކުރެވިފައެއް ނެތް،

ނޮވެމްބަރ 22، 2019: ގްލޯބަލް ޔޫތް ބްލަޑް ޑޮނޭޝަން ކޭމްޕުގައި މީހަކު ލޭ ހަދިޔާ ކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކަން އެހެން މެދުވެރިވި ނަމަވެސް، ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތުގައި 10 ޑިގްރީ ސެލްސިއަސްއަށް މަތިނުވާ ގޮތަށް، ޖުމްލަ ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާއެކު ފްރީޒަރުގައި ލޭ ޕެކެޓުތައް ބެހެއްޓޭނެކަން ސިއްހީ މިންގަނޑުން އެނގެން އޮންނަ ކަމަށް އެމްބީއެސްއިން ބުންޏެވެ. އަދި އާދިއްތަ ދުވަހުގެ ރޭ މުވައްޒަފުން ފްރީޒަރު ކައިރިއަށް ހާޒިރުވުމަށް ހޭދަވި ވަގުތާއި، ސިސްޓަމުން ލޮގު ކުރެވިފައި ހުރި ފިނިހޫނުމިނުގެ ލޮގުތަކުގެ ވަގުތުތަކަށް ބަލާއިރު، އެ ފްރީޒަރުގައި ހުރި ލެޔަކީ ސިއްހީ ގޮތުން ބަލާއިރު ކުނިވެފައި ނުވަތަ ތަގައްޔަރުވެފައި ހުރި ލޭ ނޫންކަން ޔަގީން ކަމަށް އެމްބީއެސްއިން ބުންޏެވެ.

އެހެންނަމަވެސް އެ މައްސަލަ ދިމާވެ، އެ އިދާރާއިން ބަލަންޖެހޭ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުންދިޔަ ވަގުތު، ތެލަސީމިއާ ތިން ޕޭޝަންޓެއްގެ ގަޔަށް އެ ފްރީޒަރުގައި ހުރި ލޭ އަޅާފައިވާކަން ހޯމަ ދުވަހުގެ ހެނދުނު 09:30 ހާއިރު އެނގުނު ކަމަށް އެމްބީއެސްއިން ބުންޏެވެ. އަދި ލޭ އަޅާފައިވާކަން ފާހަގަވީ، އެ ޕޭޝަންޓުންގެ ގަޔަށް ލޭ އަޅައި ނިމުނުފަހުން ކަމަށް ވެސް އެމްބީއެސްއިން ބުންޏެވެ.

ކަން ހިނގައިދިޔަ ގޮތް ބަލައި، ލޭ އެޅުމުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ސިއްހީ ޚިދުމަތްތެރީން ފާހަގަކޮށް، އިހުމާލުވެފައިވޭތޯ ކަށަވަރު ކުރުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަހުގީގު ޓީމެއް އެކުލަވާލައި، ހަމަ އެ ތާރީޚުގައި ތަހުގީގު ފަށާފައިވާ ކަމަށް އެމްބީއެސްއިން ބުންޏެވެ. އަދި ލޭ އެޅުމުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތުން، ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މައުލޫމާތު އެންގުމުގައި އިހުމާލު ވެފައިވާކަމަށް ތުހުމަތު ކުރެވި، މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެމްބީއެސްއިން ބުންޏެވެ.

އެމްބީއެސްއިން ބުނި ގޮތުގައި ބާކީވި ނުވަ ލޭ ޕެކެޓު ނާޅަން ނިންމައި، ބަދަލުގައި ލޭ ޕެކު، އޭގެ ވެރިފަރާތްތަކަށް މިހާރު ވަނީ ހޯދައިދީފައެވެ.

ހަމައެއާއެކު ލޭ ޕެކެޓު އެޅުނު ތިން ޕޭޝަންޓުންނަށް އެ ލޭ އެޅުނުކަން އެންގުން ލަސްވިކަން ފާހަގަވެފައިވާ ކަމަށް އެމްބީއެސްއިން ބުންޏެވެ. އަދި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއާއި ލޭ ޕެކެޓުތައް އެޅި ތިން މީހުންގެ ތެރެއިން އެކެއްގެ އާއިލާ ހިމެނޭ ގޮތަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ބައްދަލުކޮށް ކަންބޮޑުވުންތައް އަޑު އެހި ކަމަށް އެމްބީއެސްއިން ބުންޏެވެ.

comment ކޮމެންޓް