21 އަހަރަށް ފަހު، ޣައްޒާގައި އިންތިޚާބެއް ބާއްވަނީ

ކުރިއަށް އޮތް މުނިސިޕަލް އިންތިހާބުގެ ކެންޑިޑޭޓުން ފެންނަ އިންތިހާބުގެ ކެމްޕޭން ބެނާތައް މެދުތެރޭ ޣައްޒާގެ ދީރް އަލް ބަލާހުގެ އިމާރާތްތަކުގައި ހަރުކޮށްފައި. ފޮޓޯ/އޭއެފްޕީ

އެކާވީސް އަހަރަށްފަހު ފުރަތަމަ ފަހަރަށް ޣައްޒާގެ ދީރް އަލް ބަލާހުގައި މުނިސިޕަލް އިންތިޚާބެއް ބާއްވަން ވަނީ ނިންމާފައެވެ. މި އިންތިޚާބަކީ ޑިމޮކްރެޓިކް ނިޒާމު އަލުން ގާއިމުކުރުމަށް ކުރެވޭ ވަރަށް މުހިންމު ތަޖުރިބާއެކެވެ. މިއީ ވޭތުވެދިޔަ އެކާވީސް އަހަރު ހަމާސްއިން އިދާރީ މަގާމުތަކަށް މީހުން އައްޔަންކުރަމުން އައި އައުމަށް އައި ވަރަށް ބޮޑު ބަދަލެކެވެ. ހަތްދިހަ ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ފަނަރަ މެންބަރުންގެ އާ ލޯކަލް ކައުންސިލެއް މި އިންތިޚާބުން ހޮވާނެއެވެ.

  • 21 އަހަރަށްފަހު ޣައްޒާގައި ބާއްވާ ފުރަތަމަ މުނިސިޕަލް އިންތިޚާބު ދީރް އަލް ބަލާހުގައި ބޭއްވުން
  • މި އިންތިޚާބު ބަލަހައްޓާނީ ފަލަސްތީނުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން
  • 70،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވުން
  • އެންމެ ގިނަ ތާއީދު ލިބޭ 15 ކެންޑިޑޭޓުން އާ ކައުންސިލަށް ހޮވުން

އެކާވީސް އަހަރަށް ފަހު ޣައްޒާގެ ދީރް އަލް ބަލާހުގައި ފުރަތަމަ ފަހަރަށް އިންތިޚާބެއް ބާއްވަން ނިންމައިފިއެވެ.

ހޮނިހިރު ދުވަހު ބާއްވާ އެ އިންތިޚާބަކީ އެ ސަރަހައްދުގެ ފުރަތަމަ މުނިސިޕަލް އިންތިޚާބެވެ.

ޑިމޮކްރެޓިކް ޕްރޮސެސް އާލާކުރުމަށް ޓެސްޓިން ގްރައުންޑެއްގެ ގޮތުގައި މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހް ނަގާފައިވަނީ ޣައްޒާގެ އެެހެން ސަރަހައްދުތަަކަށް ލިބިފައިވާ ގެއްލުމަށްވުރެ އެ ސިޓީއަށް ލިބުނު ގެއްލުން ކުޑަވީމައެވެ. ނަމަވެސް، އެ ސިޓީއަކީ އިސްރާއީލުން ދިން ހަަމަލާތަކުގައި ވަރަށް ގިނަ ބަޔަކު ޒަޚަމުވި ސިޓީއެކެވެ.

އިންތިޚާބުގެ ކަންކަން ބަލަހައްޓާނީ ޕަލަސްތީނިއަން ސެންޓްރަލް އިލެކްޝަންސް ކޮމިޝަން (ސީއީސީ)އިންނެވެ.

ސީއީސީގެ ރީޖަނަލް ޑިރެކްޓަރު ޖަމީލް އަލް ޚާލިދީ އަލްޖަޒީރާއަށް ވިދާޅުވީ، އޭޕްރީލް 25 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ހިފާފައިވާ ހުޅަނގު އައްސޭރީގެ 420 ލޯކަލް ކައުންސިލް ހިމެނޭ އިންތިޚާބެއް ކަމަށާއި އެ އިންތިޚާބުގައި ޣައްޒާއިން ބައިވެރިވާ ހަމައެކަނި ސިޓީއަކީ ދީރް އަލް ބަލާހް ކަމަށެވެ.

އެއީ، މީގެ ކުރިން 21 އަހަރު ހަމާސްގެ ކޮންޓްރޯލްގެ ދަށުން ޣައްޒާ ވެރިކަން ކުރަމުން އައި އިދާރީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ.

އަށާރަ އަހަރުން މަތީގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާތްގަނޑަކަށް 70،000 މީހުންނަށް ހެނދުނު 7:00 އިން ހަވީރު 5:00 އާ ދެމެދު (ޖީއެމްޓީ 04:00-14:00) ދެމެދު ވޯޓު ލެވޭނެއެވެ. އޮމާން އިންތިޚާބެއް ކަށަވަރު ކުރުމަށްޓަކައި ސީއީސީން ވަނީ ވޯޓުލާން ރަޖިސްޓްރީވެފައިވޭތޯ ޔަގީންކުރުމަށް ހިލޭ ގުޅޭ ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފައެވެ. ވޯޓުލުން ކުރިއަށްދާނީ ދަނޑުތަކާއި އަންހެނުންގެ ހަރަކާތްތެރިކަމުގެ މަރުކަޒުތަކާއި ކުރީގެ ކްލިނިކްތައް ފަދަ 12 އިންތިޚާބީ މަރުކަޒެއްގައެވެ. ކޮންމެ މަރުކަޒެއްގައި އަށް ވޯޓު ފޮށި ބެހެއްޓޭނެއެވެ.

ވޯޓުލާ މީހުން ކަނޑައަޅާނީ ކެންޑިޑޭޓުންގެ ލިސްޓަކުންނެވެ. ކޮންމެ ލިސްޓެއްގައި މަދުވެގެން 15 ކެންޑިޑޭޓުން ހިމެނޭއިރު، މަދުވެގެން ހަތަރު އަންހެނުން ތިބެން ޖެހެއެވެ. ވޯޓުލާ މީހުން ފުރަތަމަ ހޮވާނީ ހަތަރު ލިސްޓުގެ ތެރެއިން އެއް ލިސްޓެއް، ދެން އެ މީހުން އިސްކަންދޭނީ އެ ލިސްޓުގެ ތެރެއިން ވަކި ފަސް ކެންޑިޑޭޓަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ގިނަ ތާއީދު ލިބޭ 15 ކެންޑިޑޭޓުން އާ ލޯކަލް ކައުންސިލްގައި ހިމެނޭނެއެވެ.

comment ކޮމެންޓް