ހަޜްޝްވަރްދަންގެ އާ ފިލްމު 'ސިލާ'ގެ ޝޫޓިން ނިންމާލައިފި

އެކްޓަރު ހަރްޝްވަރްދަން--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ ޒުވާން އެކްޓަރު ހަރްޝަވަރްދަން ރާނޭގެ އާ ފިލްމު 'ސިލާ' ގެ ޝޫޓިން އެއްކޮށް ނިންމާލައިފިކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ. މިއީ އޮމަންގް ކުމާރު ޑައިރެކްޓްކޮށް، ޒީ ސްޓޫޑިއޯސް އާއި ބްލޫ ލޯޓަސް ޕިކްޗާސް ފަދަ ކުންފުނިތަކުން ގުޅިގެން އުފައްދާފައިވާ ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގައި ހަރްޝަވަރްދަން އާއެކު މުހިންމު ބަތަލާގެ ރޯލުން ފެނިގެންދާނީ 'ދަ ޑިޕްލޮމެޓް' އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސާދިއާ ހަތީބެވެ. ޝޫޓިން ނިމުނުކަން އިއުލާންކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކާސްޓާއި ކްރޫ ހިމެނޭހެން ޚާއްސަ ޕޯސްޓެއް ހިއްސާކޮށްފައިވާއިރު، މި ފިލްމު ވަރަށް އަވަހަށް ސިނަމާތަކަށް ގެނެވޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް ޓީމުން ބުނެފައިވެއެވެ. މީގެ އިތުރުން، ހަރްޝަވަރްދަން މިހާރު އަންނަނީ ޖޯން އަބްރަހަމް ޕްރޮޑިއުސްކުރާ 'ފޯސް 3' ގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު 'އޭކް ދިވާނޭ ކީ ދީވާނިއްޔަތު' އިންނެވެ.

  • ހަރްޝަވަރްދަން ރާނޭގެ އާ ފިލްމު 'ސިލާ' ގެ ޝޫޓިން އެއްކޮށް ނިންމާލައިފި.
  • މިއީ އޮމަންގް ކުމާރު ޑައިރެކްޓްކުރާ އެކްޝަން ތުރިލާ ފިލްމެއް.
  • ފިލްމުގެ ބަތަލާއަކީ 'ދަ ޑިޕްލޮމެޓް' އިން މަގުބޫލުކަން ހޯދި ސާދިއާ ހަތީބު.
  • ހަރްޝަވަރްދަން މިހާރު އަންނަނީ ފިލްމު 'ފޯސް 3' ގެ މަސައްކަތް ވެސް ކުރަމުން.

ބޮލީވުޑްގެ ޒުވާން އެކްޓަރު ހަރްޝަވަރްދަން ރާނޭގެ އާ ފިލްމު "ސިލާ"ގެ މަސައްކަތް ނިންމާލައިފިކަން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފިއެވެ.

އޮމަންގް ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ "ސިލާ" މަސައްކަތް އެއްކޮށް ނިންމާލެވުމާ އެކު ވަރަށް އަވަހަށް ފިލްމު ސިނަމާތަކަށް ގެނެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

އެކްޝަން ތުރިލާއެއް ކަމަށްވާ "ސިލާ"އިން ހަރްޝްވަރްދަންއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ފިލްމު "ދަ ޑިޕްލޮމެޓް"އިން މަގުބޫލުކަން ހޯދި ސާދިއާ ހަތީބެވެ.

ފިލްމު "ސިލާ"ގެ ޝޫޓިން ނިމުނުކަން އިއުލާންކުރުމުގެ ގޮތުން، ފިލްމުގެ ޓީމުން ވަނީ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ޚާއްސަ ޕޯސްޓެއް ހިއްސާކޮށްފައެވެ. މި ޕޯސްޓުގައި ފިލްމުގެ މުޅި ކާސްޓާއި ކްރޫ ފެންނައިރު، ފަހަތުގައި "ސިލާ - އިޓްސް އަ ރެޕް" މިހެން ލިޔެފައިވެއެވެ.

ފިލްމު "ސިލާ"ގެ ޑައިރެކްޓަރު އޮމަންގް ކުމާރު އަދި އެކްޓަރު ހަރްޝްވަރްދަން--ފޮޓޯ/އެންޑީޓީވީ

'ސިލާ'އަކީ ޒީ ސްޓޫޑިއޯސްއާއި ބްލޫ ލޯޓަސް ޕިކްޗާސް، ސްޓާކް އެންޓަޓެއިންމަންޓް އަދި އިނޮވޭޝަންސް އިންޑިއާ ގުޅިގެން އުފައްދާ ފިލްމެކެވެ.

ފިލްމު "ސިލާ"ގެ މަސައްކަތް ނިންމިކަން އިއުލާނުކުރިއިރު ހަރްޝް އަންނަނީ އެކްޓަރު ޖޯން އަބްރަހަމް ޕްރޮޑިއުސްކޮށް ގެނެސްދޭ "ފޯސް 3"ގެ މަސައްކަތް ކުރަމުންނެވެ. ފިލްމު "ފޯސް 3" އަކީ ޖޯންގެ އަމިއްލަ އަމިއްލަ ފިލްމު ކުންފުނި 'ޖޭއޭ އެންޓަޓެއިންމަންޓް' އަދި 'ކެރޮލިނާ ކޯޕަރޭޝަން' ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ހަރްޝް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "އޭކް ދިވާނޭ ކީ ދީވާނިއްޔަތު"އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނުއިރު ބެލުންތެރިންގެ މެދުގައި ފިލްމުގެ މިއުޒިކަށް ވެސް ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް