އެމްއައިބީގެ ޖީއައިއޭ ޕްރޮމޯޝަން: އަލަށް އެކައުންޓް ހުޅުވުމުން ބޮޑެތި އިނާމްތަކެއް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) ހުޅުވާ އާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ސޭވް ވިތް އެމްއައިބީ 2026 ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. އަށް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެކައުންޓްތަކަށް ޖަމާކުރާ ފައިސާއިން ރަނގަޅު ފައިދާއެއް ލިބުމުގެ އިތުރުން، ބޭންކަށް ނުގޮސް އޮންލައިންކޮށް ފަސޭހަކަމާއެކު އެކައުންޓް ހުޅުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

  • ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރީލް 19 އިން ޖޫން 19 އަށް އަށް ހަފުތާގެ މުއްދަތަށެވެ.
  • ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވައި އަގުހުރި އިނާމުތައް ދެވޭނެއެވެ.
  • އެކައުންޓްތައް ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން، މަދުވެގެން އެއް އަހަރުގެ މުއްދަތަށް ހުޅުވޭނެއެވެ.
  • ބޭންކަށް ހާޒިރުނުވެ ޑިޖިޓަލްކޮށް އެކައުންޓް ހުޅުވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން "ސޭވް ވިތް އެމްއައިބީ 2026"ގެ ނަމުގައި އެ ބޭންކުން ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެމްއައިބީއިން ބުނީ މި ޕްރޮމޯޝަނަކީ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ހުޅުވާ އާ ކަސްޓަމަރުންނަށް، ބޮޑެތި އިނާމުތަކާއެކު، އަށް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ނަސީބުވެރިޔެއް ހޮވައި، އަގުހުރި އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީއިން ބުނެއެވެ. އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ހުޅުވައިގެން އެއަށް ޖަމާކުރާ ފައިސާގެ ފައިދާއަށް ވަރަށް ރަނގަޅު ކޮމްޕެޓިޓިވް މާކެޓް ރޭޓުތަކެއް ލިބޭނެކަމަށް ވެސް އެމްއައިބީން އަންދާޒާކުރެއެވެ.

އެމްއައިބީއިން ބުނީ ދިވެހި ރުފިޔާއިންނާއި ޔޫއެސް ޑޮލަރުން ވެސް ހުޅުވޭ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓްތަކަކީ މަދުވެގެން އެއް އަހަރުގެ ޓެނުއާ ޕީރިއަޑެއް ހިމެނޭ އެކައުންޓްތަކެއް ކަމަށެވެ.

އެގޮތުން މުސްތަގްބަލަށް ފައިސާ ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއް ކަމަށާއި އެމްއައިބީގެ އެހެން ޚިދުމަތްތަކެކޭ ވެސް އެއްގޮތައް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކީވެސް، އެމްއައިބީއަށް ނުގޮސް ވަރަށް ފަސޭހައިން ޑިޖިޓަލްކޮށް ހުޅުވާލެވޭނެ އެކައުންޓުތައް ކަމަށް އެ ބޭންކުން ބުނެއެވެ.

ގިނައިން ރައްކާކުރާ ފައިސާގެ ފައިދާވެސް ބޮޑުވާނެކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.

އެހެންކަމުން ފަހަށް ފައިސާ ރައްކާކުރަން ބޭނުންވާ ފަރާތްތަކުން ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވާލައިގެން މި ފުރުޞަތުގެ ބޭނުން އަވަހަށް ހިފުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

މީގެ ސަބަބުން ފަހަށް ރައްކާކުރެވުނުކަމުގެ ހިތްހަމަޖެހުމާއެކު، އަގުހުރި އިނާމެއް ލިބުމުގެ ފުރުސަތު ވެސް ފަހިވާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އެމްއައިބީއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރުމުން ބައިވެރިވެވޭނެ ކަަމަށެވެ.

comment ކޮމެންޓް