ބޮޑު ޢީދު ބަންދުގައި އެމްއައިބީގެ ޚިދުމަތް ލިބޭނީ މި މަހު 28ގައި

އެމްއައިބީ: ބޮޑު ޢީދު ބަންދުގައި ޚިދުމަތް ލިބޭނީ މި މަހުގެ 28ގައި -- ފޮޓޯ/ އެމްއައިބީ

މި އަހަރުގެ އަޟްޙާ ޢީދު ބަންދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭއިން އިއުލާނުކުރި ގޮތަށް މި މަހުގެ 28 ވަނަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޚިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި މި ހިނގާ މެއި މަހުގެ 24 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ސަރުކާރު ބަންދުކޮށްފައެވެ.

އެހެންކަމުން 28 ވަނަ ދުވަހު އެ ބޭންކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:30 އާ ހަމައަށް ކަމަށް އެމްއައިބީން ބުންޏެވެ.

އަދި އެމްއައިބީގެ ބްރާންޗްތަކުން ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމުގެ 'ކަޓްއޯފް ޓައިމަކީ' ނުވަތަ ވަގުތަކީ އެ ދުވަހުގެ މެންދުރު 13:00 އަށް ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީއަކީ އެ ބޭންކުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ. ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓާ ކުރުމާއި، ފައިސާ މޮބައިލް އަދި ފައިސާ ނެޓް މެދުވެރިކޮށް ޓީޓީގެ ޚިދުމަތަށް އެދުމުގެ އިތުރުން ވެސް އެމްއައިބީގެ އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް އެ ބޭންކުން ދޭ ހުރިހާ ޚިދުމަތަކަށް އެދެވެއެވެ.

މަރުކަޒީ ބޭންކުގެ ނިންމުމާ އެއްގޮތަށް، މިއަހަރުގެ އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކުގެ ތެރެއިން މެއި 28 ވަނަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭނެއެވެ. މިގޮތުން ބޭންކުގެ ބްރާންޗުތައް ހުޅުވިފައި ހުންނާނީ އެ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:30 އަށެވެ. އަދި ބޭންކަށް ހާޒިރުނުވެ އޮންލައިންކޮށް ހުރިހާ ޚިދުމަތެއް ހޯދޭނެ މަގުވެސް ވަނީ ފަހިކޮށްދީފައެވެ.

  • ބޭންކު ހުޅުވާފައި ހުންނާނީ މެއި 28 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:30 އަށެވެ.
  • ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އެ ދުވަހުގެ މެންދުރު 13:00 އެވެ.
  • ސަރުކާރުން ޢީދު ބަންދުގެ ގޮތުގައި ކަނޑައަޅާފައިވަނީ މެއި 24 އިން 30 ގެ ނިޔަލަށެވެ.
  • އެކައުންޓު ހުޅުވުމާއި ފައިސާ ފޮނުވުން ފަދަ ހުރިހާ ޚިދުމަތެއް އޮންލައިން އެޕްލިކޭޝަންތައް މެދުވެރިކޮށް ލިބޭނެއެވެ.
comment ކޮމެންޓް