ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގިކަން ސާބިތުވެ، 16 އަހަރަށް ޖަލަށް

ޖިންސީ އަމަލު ހިންގިކަން ސާބިތުވާ މީހާ: އޭނާ ޖަލަށްލާން ވަނީ ހުކުމްކޮށްފަ --- ފޮޓޯ: ފުލުހުން

މިއީ އެގާރަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވެ، އުމުރުން ހަތަރުދިހަ ހަތް އަހަރުގެ މުޙައްމަދު އަނިލް ސޯޅަ އަހަރަށް ޖަލަށްލުމަށް މެޖިސްޓްރޭޓް ކޯޓަކުން ކުރި ހުކުމާ ގުޅޭ ޚަބަރެކެވެ. އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ފަނަރަ އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރަންޖެހޭނެއެވެ. އަދި ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކުގެ ތަފާސްހިސާބުތައްވެސް ވަނީ ހާމަކޮށްފައެވެ.

  • އެގާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވުން
  • ކުށްވެރިޔާ ސޯޅަ އަހަރަށް ޖަލަށްލުމަށް މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރުން
  • ބަންދުގައި ހޭދަކުރި މުއްދަތު އުނިކޮށް، ބާކީ ތަންފީޒުކުރަންޖެހޭ މުއްދަތު ކަނޑައެޅުން
  • މިއަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ ފަސްދޮޅަސް ހަތް މައްސަލަ ހުށަހެޅިފައިވުން

އަށާރަ އަހަރުން ދަށުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގިކަން ސާބިތުވާކަމަށް ކަނޑައަޅައި، 47 އަހަރުގެ މީހަކު 16 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މައްސަލަ ނިންމި ރަށުގެ މެޖިސްޓްރޭޓް ކޯޓާ ހަވާލާދީ ފުލުހުން ބުނީ، 11 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުލަތުން ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 16 އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި 16 އަހަރަށް ޖަލަށްލާން ހުކުމްކުރީ އުމުރުން 47 އަހަރުގެ، މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލްއެވެ.

ފުލުހުން ބުނީ، އަނިލް 16 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް، އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާއާ ގުޅިގެން ބަންދުގައި ހޭދަކުރި ހަތަރު މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި ހަތް މަހާއި 11 ދުވަސް ކަމަށެވެ.

މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށްވުމުން، އާންމުގޮތެއްގައި އެކަން ހިނގި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވި މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، 11 އަހަރަށް ޖަލަށް ލާން މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހުކުމްކޮށްފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މިހާތަނަށް ޖިންސީ ކުށުގެ 67 މައްސަލައެއް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް