މެންދުރު ދެއަކާ ހަމައަށް 55 އިންސައްތަ މީހުން ވޯޓުލައިފި

އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި ބަޔަކު ވޯޓުލަނީ: އެ އިންތިޚާބުގެ ދެވަނަ ބުރުގައި މެންދުރު ދެއަކާ ހަމައަށް 55 އިންސައްތަ މީހުން ވަނީ ވޯޓުލާފައި -- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު އެއްވަރުވެފައިވާ ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ދަނީ ކުރިއަށެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަދު މެންދުރު 14:00 އާ ހަމައަށް 3353 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 6093 މީހުންގެ ތެރެއިން 55.03 އިންސައްތައެވެ. ވޯޓުލުން ހަވީރު 16:00 އަށް ކުރިއަށްދާނެއެވެ.

  • މެންދުރު 14:00 އާ ހަމައަށް 55.03 އިންސައްތަ މީހުން ވޯޓުލާފައިވޭ.
  • ޖުމްލަ 6093 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވޭ.
  • ވޯޓުލުން ހަވީރު 16:00 ގައި ނިމޭނެ.
  • ރަސްމީ ނަތީޖާ އިޢުލާނުކުރާނީ މާދަމާ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު މެންދުރު 14:00 އާ ހަމައަށް 55 އިންސައްތަ މީހުން ވޯޓު ލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 6،093 މީހަކަށް ލިބިގެންވެއެވެ. އެއީ 2،901 އަންހެނުންނާއި 3،192 ފިރިހެނުންނެވެ.

އޭގެ ތެރެއިން މިއަދު މެންދުރު 14:00 އާ ހަމައަށް ވޯޓު ލާފައި ވަނީ 3،353 މީހުންނެވެ. އެއީ ވޯޓު ލެވޭ މީހުންގެ 55.03 އިންސައްތައެވެ.

ވޯޓުލުން މިއަދު ހެނދުނު 08:00ގައި ފެށިއިރު، ހަވީރު 16:00ގައި ވޯޓު ފޮށިތައް ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުންޏެވެ.

ކައުންސިލް އިންތިޚާބުގައި އީސީން ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތައް އިއުލާންކުރާނީ ރަސްމީ ނަތީޖާއާއެކުއެވެ. ދެވަނަ ބުރެއް ބާއްވާ ދާއިރާތަކަކީ:

  • ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި)
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
  • ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ދެވަނަ ބުރެއް ބާއްވަން ނިންމާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

comment ކޮމެންޓް