އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ. މި އަމަލަކީ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ ހިތާމަހުރި އަމަލެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު އެކެއް ޖަހާއެހާކަންހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު އާންމުވެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުޑަ އަންހެން ކުއްޖާވަނީ އަތް ބަނދެ ގަހަކާލައިފައެވެ. އަދި ސަލާމަތްވުމަށް އެ ކުއްޖާ ނުހަނު މަސައްކަތްކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ. ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ގުޅިގެން މިހާރު ދަނީ އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންނެވެ. އަދި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
- އުތުރުގެ ރަށެއްގައި 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެފައިވާ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.
- މި އަމަލުގެ ސަބަބުން ކުއްޖާއަށް ވަނީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައެވެ.
- މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކުންނެވެ.
- ކަމާބެހޭ އިދާރާތަކުން ދަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންނެވެ.
އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ 'އަޕާ ނޯތު ޕޮލިސް'ގައި ހިމެނޭ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުންނެވެ.
އެ ވީޑިއޯގައި ކުޑަ އަންހެން ކުއްޖަކު ގަހަކާލައި، އަތް ބަނދެފައިވެއެވެ. އަދި ސަލާމަތްވެވޭތީ އެ ކުއްޖާ މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.