ކުޅުދުއްފުށީގައި މީހަކު ރުކަކުން ވެއްޓި، ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި

ކުޅުދުއްފުށި: އެ ސިޓީގައި މީހަކު ރުކަކުން ވެއްޓި، ވެންޓިލޭޓަރުގައި ފަރުވާދެނީ -- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށީގައި ރުކަކަށް އަރައި އުޅުނު މީހަކު ވެއްޓި އޭނާގެ ހާލު ސީރިއަސްވުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދޭން ވަނީ ފަށާފައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. ކައުންސިލަރު މަޢުލޫމާތު ދެއްވި ގޮތުގައި އޭނާ ވެއްޓުނީ މަސައްކަތް ކުރުމުގެ ތެރެއިން ކުޑަ ބްރޭކެއް ނެގުމަށްފަހު އަލުން ރުކަށް އެރި ވަގުތުގައެވެ. ދިވެހި ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މެންދުރުފަހު 3:06 ހާއިރުއެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

  • ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީގައެވެ.
  • އަނިޔާވެފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ.
  • ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ.
  • ފުލުހުންނަށް ރިޕޯޓުކުރީ މެންދުރުފަހު 3:06 ގައެވެ.

ކުޅުދުއްފުށީގައި މިއަދު ރުކަކުން މީހަކު ވެއްޓި، ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައިވާ ގޮތުން، ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ، އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން އަންނަ ކަމަށް ވެސް ވެއެވެ.

އެކަން ކަށަވަރުކޮށްދެއްވައި ކުޅުދުއްފުށީ ހުޅަނގު އުތުރު ކައުންސިލަރު އަޙްމަދު ޢަބްދުالله 'ސަން'އަށް ވިދާޅުވީ، ރުކަށް އަރައި އުޅެނިކޮށް ވެއްޓުނު މީހާ، ހާދިސާ ހިނގުމުގެ ކުރިން ވެސް ރުކަށް އަރައި މަސައްކަތްކުރި ކަމަށެވެ.

އެ މީހާ ވެއްޓުނީ، ކުޑަ ބްރޭކެއް ނަގައި، އަލުން ރުކަށް އަރައި މަސައްކަތްކުރަން އުޅެނިކޮށް ކަމަށް، ޢަބްދުالله ވިދާޅުވިއެވެ.

ފުލުހުން ބުނީ، ކުޅުދުއްފުށީގައި ރުކަކުން މީހަކު ވެއްޓި އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:06 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.

comment ކޮމެންޓް