ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންވި އާންމުންގެ ޝަކުވާ ހުށަހަޅާ ބިއުރޯ އުފައްދައިފި

ރައީސް މުއިއްޒު އާންމުންގެ މީހަކާ ސަލާމްކުރައްވަނީ: ޝަކުވާ ހުށަހަޅާ ބިއުރޯ ވަނީ އުފައްދައިފަ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވަނީ އާންމު ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެހުމަށްޓަކައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގެ ނަމުގައި ރައީސް އޮފީހުގައި ޚާއްޞަ އިދާރާއެއް އުފައްދަވާފައެވެ. މި ބިއުރޯއަކީ ރިޔާސީ ބަޔާނުގައި ރައީސް ވެވަޑައިގެންނެވި ވަޢުދަކާ ގުޅިގެން އުފެއްދެވި ތަނެކެވެ. މި ބިއުރޯގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި އިދާރާއިން 24 ގަޑިއިރު ޚިދުމަތް ދޭނެއެވެ. ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި މަންސަތައް މެދުވެރިކޮށް އާންމުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މެނޭޖުކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައިގެން އެ ޝަކުވާތަކަށް ޖަވާބުދާރީވުމެވެ.

  • ރައީސް އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވުން
  • 24 ގަޑިއިރު އާންމުންގެ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުން
  • ޝަކުވާތައް މެނޭޖުކުރުމަށް ޚާއްޞަ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުން
  • މިއަހަރުގެ މެދުތެރޭގައި ބިއުރޯގެ އަމަލީ މަސައްކަތް ފެށުން

އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ ކޯލް ސެންޓަރުގެ ޚިދުމަތް ވެސް ދޭ ގޮތަށް، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި ބިއުރޯގެ އިދާރާ ގާއިމްކޮށްފައި ހުންނާނީ ރައީސް އޮފީހުގައި ކަމަށެވެ.

މި ބިއުރޯގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބިއުރޯގެ މަސައްކަތް މި އަހަރުގެ މެދުތެރޭ ފެށޭނެ ކަމަށް، އެ އޮފީހުން ބުންޏެވެ.

އާންމުންގެ ޝަކުވާ ހުށަހަޅަން އުފެއްދި ބިއުރޯގެ ޒިންމާއަކީ އެކިއެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އާންމުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބުދިނުން ކަމަށް، ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އާންމުންގެ ކަންބޮޑުވުންތައް ހުށަހަޅަން 24 ގަޑިއިރުގެ ޚިދުމަތްދޭ ބިއުރޯއެއް ގާއިމްކުރާނެކަން ރައީސް ހާމަކުރެއްވީ، މިދިޔަ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

https://sun.mv/217608

ރައީސް ވިދާޅުވީ، މި ސަރުކާރަކީ ވީހާވެސް ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްގެންދާ ސަރުކާރެއްގެ ގޮތުގައި ހެދުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅާ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި އޮފީހެއް ހުޅުވާނެ ކަމަށެވެ. އެ އޮފީސް ހުންނާނީ، 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ރައީސް އޮފީހުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސޯޝަލް މީޑިއާއާއި ސިޓީގެ ޒަރިއްޔާއިންނާއި އެކި ވަސީލަތްތަކުން ލިބޭ ޝަކުވާތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، އިންތިޒާމު ހަމަޖައްސައި އެ ޝަކުވާތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ޖަވާބު ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ސުވާލުކުރުމަށް ފުރުސަތު ދިނުމަށް ފަށައިފައިވާ ހަރަކާތްތަކުގެ ތެރޭގައި، މިނިސްޓަރުންނާ ސުވާލުކުރެވޭ "އަހާ" ފޯރަމާއި، ރައީސަށް ސުވާލު ފޮނުވުމުން އެ މަނިކުފާނު ޖަވާބު ދެއްވާ "ރައީސްގެ ޖަވާބު" ސިލްސިލާ ހިމެނެއެވެ. ނަމަވެސް މިހާރު އޭގެން އެއްވެސް ހަރަކާތެއް ކުރިއަކަށް ނުދެއެވެ.

comment ކޮމެންޓް