ހެލްތު މިނިސްޓަރު ނާޒިމް ވެސް މަގާމުން އިސްތިއުފާ ދެއްވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް --- ފޮޓޯ/ ރައީސް އޮފީސް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މީގެ އިތުރުން ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ މަގާމުން ވަކިކޮށްފައެވެ. މި ބަދަލުތައް އައިސްފައިވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުން ވެރިކަންކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

  • ހެލްތު، ޑިފެންސް އަދި ލޯކަލް ކައުންސިލް މިނިސްޓަރު އިސްތިއުފާ ދެއްވުން
  • ފެމިލީ އަދި ފޮރިން މިނިސްޓަރު މަގާމުން ވަކިކުރުން
  • އިންތިޚާބުތަކުން ލިބުނު ބޮޑު ނާކާމިޔާބީއަކީ މި ބަދަލުތަކުގެ ސަބަބުކަން
  • އެގްރޯނެޓާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުން މަގާމުން ވަކިކުރުން

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނާޒިމް އިސްތިއުފާ ދެއްވި ކަމަށް މައުލޫމާތު ލިބިފައިވާއިރު، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމް ވެސް އިސްތިއުފާ ދެއްވައިފި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މަގާމުން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ވަޒީރުންތަކެއް މަގާމުން ވަކިކޮށްފައި ވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މުހިންމު ވޯޓުތަކަކުން ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.

މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ވެސް، ގިނަ ބަޔަކު ވޯޓު ދިނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށެވެ.

އެ އިންތިޚާބުތަކުގެ ފަހުން ދައުލަތުގެ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު ކަމުން މުޙައްމަދު ނަޖާޙް ވަނީ މި މަހުގެ ހަ ވަނަ ދުވަހު ވަކިކޮށްފައެވެ.

comment ކޮމެންޓް