"އެމްއައިބީ ޗެލެންޖު"ގެ 3 ނަސީބުވެރިންނަށް އައިފޯން 17 ޕްރޯ މެކްސް ހަވާލުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާންމުން ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުވުމަށާއި ފައިނޭންޝަލް ލިޓްރަސީ އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ "އެމްއައިބީ ޗެލެންޖު" ކުއިޒުގެ ނަސީބުވެރިން ހޮވައި، އިނާމު ހަވާލުކޮށްފިއެވެ. މި ކުއިޒުގެ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދިން ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް ވަނީ އައިފޯން 17 ޕްރޯ މެކްސްއެއް ހަދިޔާކޮށްފައެވެ. މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ހަރަކާތްތައް ހިންގާނެކަމަށް އެމްއައިބީން ބުނެފައިވެއެވެ.

  • އެމްއައިބީން ޑިޖިޓަލް ހިދުމަތްތައް ޕްރޮމޯޓުކުރުމަށް ކުއިޒެއް ކުރިއަށްގެންދިއުން
  • ގުރުއަތުން ތިން ނަސީބުވެރިއަކު ހޮވުން
  • ކޮންމެ ނަސީބުވެރިޔަކަށް އައިފޯން 17 ޕްރޯ މެކްސްއެއް ދިނުން
  • މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުން

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) އިން ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިން "އެމްއައިބީ ޗެލެންޖު" ގެ ނަމުގައި މިދިޔަ މަހުގެ 20 މި މަހުގެ ފަހެއްގެ ނިޔަލަށް ކުރިޔަށްގެންދިޔަ ހާއްސަ ކުއިޒުގެ ތިން ނަސީބުވެރިން ހޮވައިފިއެވެ.

މިގޮތުން ގުރުއަތުން ހޮވިފައި ވަނީ ޙަސަން ހަމްދޫންނާއި، މުޙައްމަދު އަޒްވަރު އަދި މަމްދޫހް ޝަހީމެވެ. މިއިން ކޮންމެ ނަސީބުވެރިޔަކަށް ވެސް އައިފޯން 17 ޕްރޯ މެކްސްއެއް އެމްއައިބީން ވަނީ ހަދިޔާކޮށްފައެވެ.

މި ތިން ނަސީބުވެރިން ހޯވާފައިވަނީ ކުއިޒު ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކުރި މީހުންގެ މެދުގައި ނެގި ހާއްސަ ގުރުއަތަކުންނެވެ.

"އެމްއައިބީ ޗެލެންޖް" އަކީ އެ ބެންކުން ފައިނޭންޝަލް ލިޓްރަސީ އިތުރު ކުރުމަށާއި ޑިޖިޓަލް ހިދުމަތްތައް ޕްރޮމޯޓު ކުރުމުގެ އިތުރަށް އެމްއައިބީގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ހިތްވަރު ދިނުމަށް ކުރިއަށް ގެންދިޔަ ކުއިޒެކެވެ.

އެމްއައިބީން މައުލޫމާތު ދިން ގޮތުގައި މި ކުއިޒަށް އާންމުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބުނެވެ. އަދި މި ފަދަ ބޮޑު ތަރުހީބެއް ލިބުމަކީ އެމްއައިބީގެ ހިދުމަތްތަކަށް ކަސްޓަމަރުން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެއެވެ. އަދި، ކުރިޔަށް އޮތްތާގައި ވެސް އާންމުން ޝައުގުވެރިވާނެ ފަދަ ޕްރޮމޯޝަންތަކެއް ކުރިޔަށް ގެންދާނެކަމުގައި އެމްއައިބީން މައުލޫމާތު ދެއެވެ.

comment ކޮމެންޓް