ޑުރަގް ވިޔަފާރިން 300 މިލިއަން ރުފިޔާ ދައުރުކުރި ނެޓްވޯކެއްގައި އުޅޭކަމަށް ބުނާ ބަޔަކަށް ދައުވާކުރަން ފޮނުވައިފި

ޕަރޭޝަން އަލިމަގުގައި އަތުލައިގަތް ޑްރަގް ނެޓްވޯކް: މިމީހުންގެ ތަހުގީގު ނިންމާ، ދައުވާ ކުރުމަށް ޕީޖީއަށް ވަނީ ފޮނުވާފަ--/ފޮޓޯ، ދިވެހި ފުލުހުން

ދިވެހި ފުލުހުން ގއ. އަތޮޅުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަކަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކްކުރަމުން އައިސްފައިވެއެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެމީހުންގެ ބޭންކު އެކައުންޓުތައް މެދުވެރިކޮށް 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ ދައުރުކޮށްފައެވެ. މައްސަލައިގައި ހިމެނޭ އެންމެންވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

  • މަސްތުވާތަކެތީގެ ނެޓްވޯކަކަށް ނިސްބަތްވާ 4 މީހަކަށް ދައުވާކުރަން ފޮނުވުން.
  • މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން ޓްރެފިކްކުރުމުގެ އަމަލުތައް ހިންގާފައިވުން.
  • ފާއިތުވި 5 އަހަރު ތެރޭގައި 300 މިލިއަން ރުފިޔާއާއި 400،000 ޑޮލަރު ދައުރުކޮށްފައިވުން.
  • މައްސަލައިގައި ހިމެނޭ ހަތަރު މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުން.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ "އޮޕްރޭޝަން ކުރިމަގު" ގެ ދަށުން މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށެވެ.


މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ:

  • ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާޙް ލަޠީފް (28އ)،
  • ގއ. ވިލިނގިލި، މިޔުޒިކީއާ، އަޙްމަދު މަދީޙު (33އ)،
  • ގއ. ވިލިނގިލި، އައިޒަން އަޙްމަދު އަނާމް އިބްރާހީމް(30އ)
  • ގއ. ވިލިނގިލި، އަރާއިރު، ނޫރުއްނިޡާމް (35އ) ގެ މައްޗަށެވެ.

https://sun.mv/216616

މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މި ނެޓްވޯކްގެ މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް، ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް