ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ކަންކަމަށް ޚާއްސަ ވުޒާރާގައި ވެސް 53 ސިޔާސީ މުވައްޒަފުން

މިނިސްޓަރު މާރިޔާ: ކާޅާއި ވާ މަރަން ބޭނުން ނޫން ކަމަށާއި އެތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދި މައުލޫމާތުން ހާމަވެފައިވާ ގޮތުގައި، ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ވުޒާރާގައި 53 ސިޔާސީ މުވައްޒަފުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. މި މުވައްޒަފުންގެ ތެރޭގައި 1 ވަޒީރާއި، 3 ސްޓޭޓް މިނިސްޓަރުންނާއި، 6 ޑެޕިއުޓީ މިނިސްޓަރުންނާއި، 29 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 14 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ. މި މުވައްޒަފުންގެ މުސާރައަށް އެކަނިވެސް މަހަކު 1.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް، މިއިން އެއްވެސް މުވައްޒަފަކު ކުރާ މަސައްކަތުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މިއަހަރު އެ ވުޒާރާއަށް ކަނޑައަޅާފައިވާ 81.3 މިލިއަން ރުފިޔާގެ ބަޖެޓުން، ފާއިތުވި މަހުގެ ނިޔަލަށް 12.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ހިސާބުތަކުން ދައްކައިދެނީ ދައުލަތުގެ މާލިއްޔަތުން ބޮޑު ހޭދައެއް ސިޔާސީ މަގާމުތަކަށް ކުރަމުންދާކަމެވެ.

  • ވުޒާރާގައި ތިބީ ޖުމްލަ 53 ސިޔާސީ މުވައްޒަފުންނެވެ.
  • މުވައްޒަފުންގެ މުސާރައަށް މަހަކު 1.3 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
  • މުވައްޒަފުން ކުރާ މަސައްކަތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
  • މި އަހަރުގެ ބަޖެޓުން މިހާތަނަށް 12.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ކަންކަން ބެލުމަށް ޚާއްސަ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބިކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދައި، "ސަން"އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ވުޒާރާގައި ޖުމްލަ 53 ސިޔާސީ މަގާމަށް މީހުން އައްޔަންކޮށްފައި އެބަވެއެވެ.

އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެ މަގާމުތައް ބެހިފައިވާ ގޮތަކީ:

  • ވަޒީރު - 1
  • ސްޓޭޓް މިނިސްޓަރު - 3
  • ޑެޕިއުޓީ މިނިސްޓަރު - 6
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު - 29
  • ޕޮލިޓިކަލް ޑިރެކްޓަރުން - 14

މިހާ ގިނަ އަދަދެއްގެ މުވައްޒަފުން އެ ވުޒާރާގައި ސިޔާސީ މަގާމުތަކަށް ނަގާފައިވާއިރު، އެ މީހުންނާ ހަވާލުކޮށްގެން ކުރާ މަސައްކަތުގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި މި 53 ސިޔާސީ މަގާމުގެ މަހު މުސާރައަށް، މަހަކު ޖުމްލަ 1.3 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ހިސާބުތަކަށް ބަލާއިރު މި އަހަރު އެ މިނިސްޓްރީއަށް 81.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު، މިދިޔަ މަހުގެ 26ވަނަ ދުވަހާ ހަމައަށް 12.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

comment ކޮމެންޓް