އެމްޕީއެލްގެ އެމްޑީގެ މަގާމުންނާއި ބޯޑު މެންބަރުކަމުން ރިޝްވާން އިސްތިއުފާ ދީފި

އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން އިސްތިއުފާދީފި -- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑު މެންބަރުކަމުގެ މަގާމުގައި ހުންނެވި ޑީސީޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާގެ އިސްތިއުފާ ގަބޫލުކޮށް މިއަދުން ފެށިގެން އެ މަގާމުން ވަނީ ވަކިކޮށްފައެވެ.

  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެމްޑީ މަގާމުން ރިޝްވާން އިސްތިއުފާ ދެއްވުން.
  • ބޯޑު މެންބަރުކަމުންވެސް އޭނާ ވަނީ އިސްތިއުފާ ދެއްވާފައި.
  • ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިސްތިއުފާ ގަބޫލުކުރެއްވުން.
  • މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާކަން އިއުލާންކުރުން.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން މިއަދު އިސްތިއުފާ ދީފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ރިޝްވާން، މިއަދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައި ވާތީ، އިސްތިއުފާ ގަބޫލުކޮށް މިއަދުން ފެށިގެން އެ މަގާމުން އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ.

ރިޝްވާން އެ މަގާމަށް އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ފަހެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާންގެ މައްޗަށް ދައުވާކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ވަނީ މައްސަލަ ވެސް ފޮނުވައިފައެވެ.

'ސަން'އިން ސުވާލުކުރުމުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އޭސީސީން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް ކަމަށެވެ.

https://sun.mv/216994

އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވި ރިޝްވާން ވަނީ މީގެ ކުރިން ސިފައިންގެ ވަޒީފާއާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވުމަށް ފަހު، އޭނާ ރިޓަޔާކުރެއްވީ 2012ވަނަ އަހަރެވެ.

ރިޝްވާން އެ މަގާމުން އިސްތިއުފާ ދިންއިރު، މިއަދު ސަރުކާރުގެ އިތުރު މަގާމުތަކުން ވެސް އިސް ބޭފުޅުންތަކެއް ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ހިމެނެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދުގެ ދަރިފުޅު ކަމަށްވާ، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އޭނާގެ ކޮއްކޮ ކަމަށްވާ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ސަރުކާރުން އެ ބަދަލުތައް ގެންނައިރު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުން ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، މި ސަރުކާރުން ވަކާލާތު ކުރި ގޮތާ ޚިލާފަށް، ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވޯޓު ދީފައި ވަނީ މައި ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ.

ހަމައެއާއެކު، ކައުންސިލްތަކުން ވެސް ސަރުކާރަށް ވަނީ މުހިންމު ގޮނޑިތައް ގެއްލިފައެވެ. އަދި ކުރި ހޯދައިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

މުހިންމު ތިން ވޯޓެއް އެ ދުވަހު ނެގިއިރު، އެ ވޯޓުތައް ސިފަކޮށްފައިވަނީ، ކެމްޕޭނަށް މިލިއަނުން ޚަރަދު ކުރި ސަރުކާރަށް ތާއިދު އޮތް މިންވަރު ދައްކުވައިދޭނެ ވޯޓުތަކެއްގެ ގޮތުގައެވެ.

comment ކޮމެންޓް