މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށާއި ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާނު، މިއަދު އައްޔަނުކުރައްވައިފިއެވެ.
އެމްޕީއެލްގެ އެމްޑީކަމުގައި މީގެ ކުރިން ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމް އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެ މަގާމަށް ރިޝްވާން މިއަދު އައްޔަނުކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އަންގައިފައެވެ.
ރިޝްވާނަކީ މީގެ ކުރިން ސިފައިންގެ ވަޒީފާއާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޙިދުމަތްކުރައްވާފައިވާ ބޭފުޅެެކެވެ. ފުލުހުންގެ ޙިދުމަތުން 2012 ވަނަ އަހަރު ރިޝްވާން ރިޓަޔާ ކުރެއްވިއިރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ "އަމިއްލަ މަސައްކަތެއް ފައްޓަވަން" ކަމަށް ވިދާޅުވުމަށް ފަހެވެ.
މީގެ އިތުރުން، ރިޝްވާން ވަނީ މީގެ ކުރިން އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައެވެ.
އެމްޕީއެލްގެ ސީއީއޯކަމުގައި ކުރިން ހުންނެވި ވަޖީހު އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު 28ގައެވެ.
މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އިބްރާހީމް ފައިސަލް ވެސް މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުން ވަނީ ވަކި ސަބަބެއް ނާންގާ ވަކިކޮށްފައެވެ. ފައިސަލަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވަޖީހާއި އަބްދުއްރަހީމާ ވެސް ގާތް ގުޅުމެއް އޮވެއެވެ.
comment ޔަރީފް
2 month 1 week ago
މި ބޯގޯސް ސަރުކާރު ބާލަން ރައްޔިތުން ނިކުންނަންވީ. މިތާގަ ވަގުވަގަށް މިލިޓަރީ ވެރިކަމެއް ނުކުރެވޭނެ.
comment ފަރޫ
2 month 1 week ago
ސަރުކާރު ހިންގުމާއި ހަވާލުވެތިބީ ބޯގޯސް ބަޔެއްކަން މިހާރު ދެން ޔަގީނެވެ.
comment ނިސް
2 month 1 week ago
ކޯޕަރޭޓް ތަޖުރިބާއެއް ނެތް މިކަހަލަ މީހުން އެމަގާމުތަކަށް ލަނީ މި ދާއިރާތަކުން މަތީތައުލީމާއި ތަޖުރިބާ ހޯދާފަތިބި މީހުން ނެތިގެންތޯ.؟ ނުވަތަ ސަރުކާރުން ތައުލީމީ މީހުންނަށް ޖެއްސުން ކޮށް މަލާމާތްކުރަނީތޯ.؟
comment ރިއު
2 month 1 week ago
ކޯޕަރޭޓް ތަޖުރިބާއެއް ނެތް މިކަހަލަ މީހުން އެމަގާމުތަކަށް ލަނީ މި ދާއިރާތަކުން މަތީތައުލީމާއި ތަޖުރިބާ ހޯދާފަތިބި މީހުން ނެތިގެންތޯ.؟ ނުވަތަ ސަރުކާރުން ތައުލީމީ މީހުންނަށް ޖެއްސުން ކޮށް މަލާމާތްކުރަނީތޯ.؟
comment އުވޭ
2 month 1 week ago
ރާއްޖެ މިހާރު މަޑުމަޑުން މިލިޓަރީ ވެރިކަމަކާ ދިމާލަށް ދާހެންވެސް އެބަ ހީވޭ. އެގޮތުން މަދަނީ އަދި މެނޭޖްމަންޓު ދާއިރާގެ ތަޖުރިބާއަދި މަތީތައުލީމު ހުރި ފަރާތްތަށް ތިބި ގޮތަށް ބައިތިއްބާފަ މިފެންނަނީ އެމްއެންޑީއެފާއި ޕޮލިހުގެ ތެރެއިން ނިކުމެފަ ތިބޭ ބަޔަކަށް ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީ އަދި ސީއީއޯކަން ދޭތަނެވެ. އެއީ އެ ތަންތަނުގެ ނުވަތަ އެފަދަ ކުންފުނިތަށް ހިންގުމުގެ އަލިފުބާވެސް ނޭނގޭ އަދި ތަޖުރިބާއެއްވެސް ނެތް މީހުންނެވެ. އެގޮތުން އެމްޕީއެލް، ފެނަކަ، އެމްޓީސީސީ، ރޯޑް ކޯޕަރޭޝަން ތަންތަނަށް ހުސް އެމްއެންޑީއެފުން ނިކުތް މަދަނީ ތަޖުރިބާއެއް ކޯޕަރޭޓް މެނޭޖުމަންޓެއްގެ ހިލަމެއްވެސް ނޭނގޭ ބަޔަކު އިސްކޮއްފަ އެތިބީ. މިއީ ވިޔަފާއި އަދި ކޯޕްރޭޓް މެނޭޖްމަންޓު ދާއިރާގެ ތަޖުރިބާއާއި މަތީތައުލީމު ހާސިލްކޮއްގެން ތިބި އެތަކެއް ބަޔަކަށް ކުރެވޭ ބޮޑުބޭއިންސާފެކެވެ. ދިވެހިރ ރާއްޖޭގެ ސިފައިންގެ އަކީ މާގަދަ ތައުލީމީ މީހުން ތިބި ތަނެއްނޫނެވެ. ދެން އެތަންތަނުން އޯޑަރު ނަގަން ދަސްކޮއްގެންތިބޭ ބޯތަކެއް ވިޔަފާރި ކުންފުނިތަކުގެ މަތީ މަގާމުތަކަށް ލަނީ
comment މެޑިޓަރޭނިއަން ޑަައެޓް
2 month 1 week ago
އައިޖީއެމްއެޗުން ކެނޑުނުއިރު އަމިއްލަ ހޮޓާ ކުލިނިކު.ހޮސްޕިޓާ ހަދާވަރަށް މީހާމުއްސަނދިވެފަހުރި. ލައްކަ މަސައްކަތް ކޮށްފަތާ ހުންނާނީ ބޭފުޅާ. މިފަހަރު އަމިއްލަ ޝިޕިންލައިނެއް ކަންނޭގެ ފަށާނީ. ލައިކް ދެޓް ސިންގަޕޯރ ވާލާ ވެލާނާ.
comment ކޮމެޑީ ޝަކީބު
2 month 1 week ago
ރިޝްވާން ސޯއަކީ އަޅުގަނޑުމެން 20ވަނަ ބެޗުގެ ބެސްޓް އޯލް ރައުންޑު އެކަމް ގޯހަކައްވީ ސިޔާސީ އޮއިވަރު ބަދަލުވެގެން ދިޔައިރު އައްޑޫ ހަމަނުޖެހުން ތެރޭގަ މާބޮޑައް މީހުންނައް ޑޯޒް ދެވުނީ. އަޅުގަނޑުވެސް މީ ޝިކާރަޔަކައް ވީ އެކަކު. އެނީވެއި ހޯޕް ފޯ ދަ ބެސްޓް ރިޝޭ.
comment ޠެހސހ
2 month 1 week ago
ޙަބީބުއާ ފުއާދު އާ ރިޝަވާނުއާ ހުރިހާ ސަރުކާރެްގަ ތިޒާތުގެ ވަޒީފާތަކާ ރިޓަޔަރމަންޓާ. ދެން ހަމަ ކުފޫ ހަމަވާ ޒުވާނެއް ނޫޅޭބާ
comment ޢައަ
2 month 1 week ago
ޓިވެސް އަޖައިބެއް. ޢަބަދުވެސް ހުރިހާ ސަރުކާރެއްގަ ސިޔާސީ މަގާމެއް ލިބެންޖެހޭ. ޢާ ޒުވާނަކަށް މިގައުމެއް ވާ ނެތް