އެމްޑީއޭގެ ރައީސް ސިޔާމަށް މަރުހަބާ ކިޔަން ނުކުތް ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި

އިސްލާމިކް މިނިސްޓްރީން ވަކިކުރި ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމް --

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި އިބްރާހިމް އާސިމް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ދާލު އަތޮޅަށް ކުރައްވަމުން ގެންދަވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅުގައި މަރުހަބާ ދަންނަވަން ނުކުމެވަޑައިގަތުމާ ގުޅިގެންނެވެ. އާސިމަކީ 16 ޑިސެމްބަރު 2023 ގައި އެމްޑީއޭގެ ސްލޮޓެއްގައި އެ މަގާމަށް އައްޔަނުކުރެވުނު ބޭފުޅެކެވެ.

  • އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމް މަގާމުން ވަކިކުރުން
  • އެމްޑީއޭގެ ރައީސް ސިޔާމަށް މަރުހަބާ ކިޔަން ނުކުތުމުން މަގާމުން ވަކިކުރިކަމަށް ބެލެވުން
  • އާސިމަކީ އެމްޑީއޭގެ ސްލޮޓެއްގައި އައްޔަނުކުރި ބޭފުޅެއްކަން
  • މިނިސްޓްރީގެ ވެރިން އާސިމްގެ މަސައްކަތަށް ތައުރީފުކޮށްފައިވުން

މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދަށް މަރުހަބާ ދަންނަވަން ނުކުތް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމް މިއަދު މަގާމުން ވަކިކޮށްފިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކޮށްފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިއަށްދާ އެމްޑީއޭގެ ކެމްޕެއިން ހަރަކާތެއްގައި ސިޔާމް، ދ. އަތޮޅަށް މިވަގުތު ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުމެ ހުއްޓައެވެ.

އާސިމަކީ މިހާރު ވެސް އެމްޑީއޭގެ މެންބަރެކެވެ. އަދި އޭނާއަކީ އެމްޑީއޭގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަނުކުރެއްވި ބޭފުޅެއް ވެސްމެއެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރީ 16 ޑިސެމްބަރު 2023ގައެވެ. އަދި މިއަދު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގައި ދެ އަހަރާއި ދުވަސްކޮޅަކަށް މަސައްކަތްކުރިއިރު އާސިމަކީ އެންމެ އިތުބާރު ހިފޭ، އަދި ހީވާގި މަސައްކަތްތަކެއް މިނިސްޓްރީގައި ކުރި ބޭފުޅެއް ކަމަށް އެ މިނިސްޓްރީގެ ބައެއް ވެރިން ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް