މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ސްކީމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ކެޓެގަރީއެއް ހަދާފައިވާއިރު، އެ މީހުން ފުލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
ސަރުކާރުން ވަނީ މާލޭ ސަރަހައްދުން 7،900 ފުލެޓު ދޫކުރަން ނިންމާ، ކުރިމަތިލާން ހުޅުވާލާފައެވެ. އޭގެ ތެރެއިން 100 ފުލެޓު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައެވެ.
މިނިސްޓްރީން ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީއެއް ވަކިން އުފައްދާފައެވެ. އަދި، އެ ކެޓަގަރީއަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭ ގޮތް ހަދައި، ޝަރުތުތަކާއި އެޕްލިކޭޝަން ހުށަހެޅޭނެ ގޮތުގެ އިތުރުން ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ އުސޫލު ވެސް ވަނީ އާންމުކޮށްފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓެގަރީގެ ދަށުން މިއަދު ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް ފުލެޓަށް ކުރިމަތިލާން ހުޅުވާލާފައެވެ.
އެ ކަމަށް އެދި ހުށަހެޅޭނީ، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް އެ މީހާއަށެވެ. އެކަމަކު، ދިރިއުޅޭ ސަރަހައްދުން ފަރުވާ ލިބެން ނެތް މީހެއް ނަމަ، އެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން މާލޭ ސަރަހައްދުގައި އުޅެވެން ނެތިއްޔާ ވެސް މި ކެޓަގަރީއަށް ފޯމު ހުށަހެޅޭނެއެވެ. އަދި، މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށްވެފައި، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ފަރުވާ ހޯދާފައިވާނަމަ ވެސް ކުރިމަތިލެވޭނެއެވެ.