ބިއްލޫރި ޓަނަލުގެ ފަންނީ މަސައްކަތް އަންނަނީ ކުރަމުން، އިސްކަންދެނީ ރަސްމާލެ ހިއްކަން: ރައީސް

ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބް: ވިދާޅުވީ އަދި އިސްކަންދެނީ ރަސްމާލެ ހިއްކައި ނިންމަން ކަމަށް --- ފޮޓޯ/ ހައުސިން މިނިސްޓްރީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މާލެއާއި ރަސްމާލެ ކަނޑުއަޑިން ގުޅުވާލުމަށް ރާވާފައިވާ ބިއްލޫރި ޓަނަލުގެ ފަންނީ މަސައްކަތްތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް، މި ވަގުތު ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކޮށް، އެ މަސައްކަތް ނިންމުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ބިއްލޫރި ޓަނަލަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނުވާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވާއިރު، މިހާރު ވެސް 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ބިން ހިއްކިފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ. ޓެކްނޮލޮޖީގެ ގޮތުން ހުރި ގޮންޖެހުންތަކާ މެދު ބަހުސްތަކެއް ކުރެވުނު ނަމަވެސް، ސަރުކާރުގެ އަމާޒަކީ ޕްލޭނިންގެ މަސައްކަތްތަކާ އެކު މި މަޝްރޫއު ކާމިޔާބު ކުރުމެވެ.

  • ރަސްމާލެއާއި މާލެ ގުޅުވާލާ ބިއްލޫރި ޓަނަލުގެ ފަންނީ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ކަށަވަރުކޮށްދެއްވުން.
  • ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އިސްކަމަކީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމައި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުން.
  • މިހާތަނަށް 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ބިން ހިއްކިފައިވާ ކަމަށް ސަރުކާރުން ހާމަކުރުން.
  • ބިއްލޫރި ޓަނަލުގެ މަޝްރޫއަކީ ފަތުރުވެރިކަމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދޭނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކުން.

ރަސްމާލެއާއި މާލެ ކަނޑުއަޑިން ގުޅާލާ ބިއްލޫރި ޓަނަލުގެ ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެކަމަކު މިވަގުތު ސަރުކާރުން އިސްކަންދެނީ ރަސްމާލެ ހިއްކައި ނިންމަން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޓަނަލް އެޅުމާ ގުޅޭ ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިވަގުތު ސަމާލުކަން އޮތީ އަންނަ މަހުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ރަސްމާލެ ހިއްކައި ނިމިފައިވާ ކަމަށެވެ.

"ބިން ހިއްކުމަށް އިސްކަން މި ދެނީ، އެއާ އެކީގަ ޕްލޭނިން މަސައްކަތާއި ދެން ހުރި އިންފްރާސްޓްރަކްޗާ މަސައްކަތަށް އަޅުގަނޑުމެން މި ފޯކަސްކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ގޯތި ދޫކުރަން ބޭނުންވަނީ ހިއްކައިފައި އޮތް ބިމަކުން ކަމަށާއި، އެހެންވެ ރަސްމާލެ ހިއްކައި ނިންމައި އަވަހަށް ބޭނުންފުޅުވާ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް، މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައިވަނީ، ތިލަމާލެ ބުރިޖަށާއި، މާލެއާއި ރަސްމާލެ ގުޅައިލާ ޓަނަލް އަޅަން 799 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އެއީ ބަޖެޓުގައި ދަތުރުފަތުރުގެ ބިނާރީ ތަރައްގީއަށް ކަނޑައެޅި 2.4 ބިލިއަން ރުފިޔާގެ ތިންބައިކުޅަ އެއްބައެވެ. ދެހާސް ސައުވީސްވަނަ އަހަރު އެ މަސައްކަތަށް ކަނޑައެޅީ 688 މިލިއަން ރުފިޔާއެވެ.

ކަނޑުއަޑީގައި ރަސްމާލެއަށް ދެވޭ ބިއްލޫރި ޓަނަލެއް ގާއިމުކުރުމަކީ ރައީސްގެ ތަސައްވުރެކެވެ. އެކަން ރައީސް އިއުލާން ކުރެއްވެވިއެވެ. ނަމަވެސް އޭގެ ފަހުން އެ ފަދަ ޓެކްނޮލޮޖީއެއް އަދި ނެތްކަމަށް މީގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ. އެހެންވެ އެ ކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

https://sun.mv/198462

ޓަނަލުގެ ވާހަަކަ ރައީސް އިއުލާނުކުރެއްވީ ޖަނަވަރީ 22، 2024ގައެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ޓަނަލުން ދަތުރުކުރާއިރު ކަނޑު އަޑީގެ ރީތިކަން ވެސް ބަލައިލެވޭނެ ކަމަށާއި އެ މަޝްރޫއު ވެގެންދާނީ ފަތުރުވެރިކަމަށް ކުރިއެރުން ގެނެސްދޭ މަޝްރޫއަކަށް ކަމަށެވެ.

"އެ މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް އެ ރޭ ވިދާޅުވިއެވެ.

comment ކޮމެންޓް