ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށައިފި

ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ފޭސް އެކެއްގައި އާންމު ދިރިއުޅުން ބިނާކޮށްފައިވާ ސަރަހައްދުގައި އައު ސްޕޯޓްސް ޕާކެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ. މި ޕާކަކީ އެ ސަރަހައްދުގެ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމާއި، ކުޅިވަރު ކުޅޭނެ ޒަމާނީ ވަސީލަތްތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ގާއިމްކުރާ މި ޕާކު ނިމުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ކުޅިވަރުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

  • ހުޅުމާލޭ ފޭސް އެކެއްގައި ސްޕޯޓްސް ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
  • މި ޕާކު ހަދަނީ ހުޅުމާލޭ ފޭސް އެކެއްގެ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި
  • ޕާކުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒު ހިފައިފައިވޭ
  • މި ޕާކުގައި ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް ހިމެނޭ

ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު'ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ސްޕޯޓްސް ޕާކް ތަރައްގީކުރަނީ ހުޅުމާޅޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ކަމަށެވެ. އިއްޔެ ހަވީރު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ޕާކުގެ ބިންގާ އަޅާފައެވެ.

އެޗްޑީސީއިން ބުނީ މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ތަންތަންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރާ ޕާކެެއް ކަމަށެވެ.

ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

މި މަޝްރޫއުގެ ދަށުން އެ ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓަކާއި ޕާކިން ޒޯނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އެޗްޑީސީއިން ބުނެއެވެ. އެޗްޑީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މި މަޝްރޫއު އެއްކޮށް ނިންމާލުން ކަމަށެވެ.

އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް އެޗްޑީސީން ވަރަށް ފަހުން ވަނީ ކުޅިވަރު އެކުވެންޏެއް ވެސް ތަރައްގީކޮށް އާންމުންނަށް ހުޅުވައިލައިފައެވެ.

https://sun.mv/219777

މި މަޝްރޫއުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރަށް އިސްކަން ދީގެން އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

comment ކޮމެންޓް