ސަޢުދީން މިނިސްޓްރީއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި

ސައުދީއިން ހަދިޔާކުރި 15 ޓަނުގެ ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު، ސަރުކާރުގެ މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި، ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފިއެވެ. މި ކަދުރުތައް މިނިސްޓްރީއާ ހަވާލުކުރީ ފެބުރުވަރީ 23 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ހަދިޔާއާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް، މީގެ ކުރިން އާންމުކޮށް ހުރިހާ ގޭބިސީތަކަކަށް ކަދުރު ބަހާފައިވީ ނަމަވެސް، މި ފަހަރު އެގޮތަށް ކަންތައް ނުކުރާތީ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ޝަކުވާކުރަމުންނެވެ.

  • ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރި
  • ކަދުރުތައް ބަހާފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި ކޮލެޖުތަކާއި ދީނީ މަރުކަޒުތަކަށް
  • ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތު ފެބުރުވަރީ 23 ގައި ބޭއްވުނު
  • އާންމު ރައްޔިތުންނަށް ކަދުރު ނުލިބޭތީ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދޭ

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ރާއްޖޭގެ އިސްލާމިކް މިނިސްޓަރީއަށް ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހެވެ. އަދި، އެ ކަދުރު ރަސްމީކޮށް ހަވާލުކުރަން ވަނީ އިސްލާމީ މަރުކަޒުގައި ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އެ ކަދުރު، ސަރުކާރުގެ އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހާފައިވާނެ ކަމަށް ބުނެފައެވެ.

https://sun.mv/218291

ސަޢުދީ ޢަރަބިއްޔާގެ ފަރާތުން މިނިސްޓްރީއަށް ކަދުރު ހަވާލުކޮށްދެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. އަދި، މިނިސްޓްރީގެ ފަރާތުން ކަދުރާއި ހަވާލުވެލެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

ކަދުރު ހަވާލުކުރިމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓާ އޮފް އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް، ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އޭނާގެ މަސައްކަތްޕުޅަށް މިނިސްޓަރު ވަނީ ތަޢުރީފުކުރައްވާފައެވެ.

އާންމުކޮށް ރޯދަމަހާ ދިމާކޮށް ސަޢުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. މީގެ ކުރިން ބައެއް ރޯދަމަސްތަކުގައި މުޅި ރާއްޖޭގެ ހުރިހާ ގެއަކަށް ވެސް ސަޢުދީން ކަދުރު ހަދިޔާކުރެއެވެ. އެކަމަކު، މި ރޯދަމަހު އެ ފަދައިން ކަދުރު ހަދިޔާ ނުކުރާކަމުގެ ޝަކުވާ ބައެއް މީހުން ސޯޝަލް މީޑިއާގައި ކޮށްފައިވެއެވެ.

comment ކޮމެންޓް