ގިޔާސުއްދީން ސްކޫލުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ގިޔާސުއްދީން ސްކޫލުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ އަންދަލީބުގޭ އަހްމަދު ޝުޖާއުއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް، 15 ދުވަސް އިއްޔެ ވަނީ ޖަހައިފައެވެ.
އޭނާގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ގިޔާސުއްދީން ސްކޫލުން ވައްކަން ކުރުމަށް ފަހު އެތަނުގެ ސެކިއުރިޓީއަށް ފިލަން ދަނިކޮށެވެ. އޭނާ މަގުމަތިން ހުއްޓުވައި ސުވާލު ކުރުމުން އެފަދަ ކަމެއް ނުކުރާ ކަމަށް އޭނާ ބުނި ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް އޭނާ ވަގަށް ނެގި އެއްޗެއްގެ ތަފްސީލެއް އަމުރަކު ނެތެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޝުޖާއަކީ ކުރިންވެސް މި ބާވަތުގެ ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން، ސީފުޑް ހޯލްސޭލު ކުރާ ކުންފުންޏެއްގެ އޮފީހެއް ފަޅާލައި، އެ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ޝުޖާއު ޖަލަށްލާފައިވެއެވެ. އޭގެ އިތުރުންވެސް އެފަދަ އެހެން މައްސަލައެއްގައިވެސް އޭނާގެ މައްޗަށް ކުރިން ޖަލު ހުކުމެއް އިއްވާފައިވެއެވެ.