ކުޑަކުދިންގެ ބަރަހަނާ މަންޒަރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބ. ކުޑަރިކިލު ޢަލީ ނާޖިޙު އަޙްމަދު ބަންދުން ދޫކޮށްލައިފިއެވެ. އޭނާ ހައްޔަރުކުރީ ގޫގުލް ޑްރައިވް މެދުވެރިކޮށް އެފަދަ ތަކެތި ރައްކާކޮށް ގެންގުޅުނު މައްސަލައެއްގައެވެ. މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

  • ކުޑަކުދިންގެ ބަރަހަނާ މަންޒަރު ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކުރި ޢަލީ ނާޖިޙު އަޙްމަދު ދޫކޮށްލައިފި
  • މި މީހާ ހައްޔަރުކުރީ ފެބްރުއަރީ 13 ވަނަ ދުވަހު
  • ގޫގުލް ޑްރައިވް އަދި އެކި އިލެކްޓްރޯނިކް ވަސީލަތްތަކުގައި ބަރަހަނާ މަންޒަރުތައް ރައްކާކޮށްފައިވޭ
  • މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ދަނީ ތަހުގީގު ކުރަމުން
  • ޝަރުތުތަކާ އެކު އޭނާ ދޫކޮށްލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހުޅެވި / ބ.ކުޑަރިކިލު، ޢަލީ ނާޖިޙު އަޙްމަދު (29އ) ބަންދުން ދޫކޮށްލައިފިއެވެ.

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ "ގޫގުލް ޑްރައިވް"އަށް އަޕްލޯޑްކޮށް، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އޭނާ ހައްޔަރުކުރީ ފެބްރުއަރީ 13 ގައެވެ.

އޭގެ ފަހުން އެއް ފަހަރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް މިދިޔަ މަހު 26ގައި އޭނާ ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ މީހުންގެ މައްސަލަތަކަކީ ފުލުހުންގެ ޚިދުމަތުން އިސްކަންދީގެން ތަހުގީގުކުރަމުން އަންނަ ސީރިއަސް މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން މީގެ ކުރިން ބުންޏެވެ.

comment ކޮމެންޓް