މިހާތަނަށް ހަަމަލާ ނުދީ އޮތް އޮމާން ބަނދަރަށް ޑްރޯން ހަމަލާތަކެއް ދީފި

އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމަރާތެއް -- ފޮޓޯ/އޭޕީ

އިސްރާއީލުން އީރާނަށް އިއްޔެ ދޭން ފެށި ހަމަލާތަކުގެ ރައްދުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކުގައި މިހާތަނަށް ހަމަލާނުދީ އޮތް އޮމާނަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

އޮމާނުގެ ބަނދަރު ދުޤްމް އަށް ދިން އެ ހަމަލާތަކުގައި އެކަކު ޒަޚަމްވެފައިވާ ކަމަށް އީރާން ނިއުސް އޭޖެންސީއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އޭގެ ތެރެއިން އެއް ޑްރޯން ހަމަލާ މަސައްކަތްތެރިންގެ އެކޮމޮޑޭޝަނަކަށް އަމާޒުވެފައިވާ ކަމަށާއި ދެވަނަ ޑްރޯން ހަމަލާ ތެޔޮ ޓޭންކަރުތަކަކަށް އަމާޒުވެފައިވާ ކަމަށްވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ދުބާއީއަށް އީރާނުން ދިން ހަމަލާއާ ގުޅިގެން ޖަބެލް އަލީ ބަނދަރުން ދުން އަރަނީ -- ފޮޓޯ/އޭއެފްޕީ

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތަކުގައި މިއަދު ހެނދުނުވެސް ޔޫއޭއީގެ ދުބާއީ، އަބޫދާބީ، ގަތަރުގެ ދޯހާ އަދި ބަހްރެއިންގެ މަނަމާއިން ވަނީ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައެވެ.

އެ މަރުކަޒުތަކަށް އަމާޒުކޮށް ރޭ ވެސް ގިނަ ހަމަލާތަކެއް ދީފައިވާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒާއި އަސްކަރީ އިންފްރާސްޓްރަކްޗާ ހުންނަ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށް ގިނަ ހަމަލާތަކެއް ދީފައިވެއެވެ.

އީރާނުން މިހާތަނަށް ހަމަލާ ނުދީ އޮތީ އޮމާނަށެވެ. އޮމާނަކީ އެންމެ ފަހުން އެމެރިކާއާ އެކު ބޭއްވި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމެވެ.

comment ކޮމެންޓް