އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް މިއަދު ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާދޭން ފަށައިފި ކަަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އެގޮތުން އީރާނުން ފޮނުވާލި މިސައިލެއް ދެނެގަނެވިފައިވާ ކަމަށާއި އިތުރު ހަމަލާއެއް އަތުވެދާނެ ކަމަށް އާންމުން ތައްޔާރުކުރުވުމުގެ ގޮތުން ވައިގެ ހަަމަލާގެ ސައިރެންއެއް އަޅާފައިވާ ކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
"ހޯމް ފްރަންޓް ކޮމާންޑުގެ އިރުޝާދުތަކަށް ތަބާވުމަށް އާންމުންނަށް އެދެން. މިވަގުތު އިސްރާއީލުގެ ވައިގެ ސިފައިން އޮޕަރޭޓް ކުރަނީ އިންޒާރުތައް ހުއްޓުވައި، އިންޒާރުތައް ނައްތާލުމަށް ބޭނުންވާ ތަންތަނުގައި ހަމަލާދިނުމަށް. ޑިފެންސް އަކީ ހަރމެޓިކް އެއްޗެއް ނޫން، އެހެންކަމުން އާންމުން ހޯމް ފްރަންޓް ކޮމާންޑްގެ ގައިޑްލައިންތަކަށް ތަބާވުން ކޮންމެހެން ބޭނުންތެރި." އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އީރާނުން މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނިތާ އިރުކޮޅެއް ފަހުން އިޒްރޭލުގެ އުތުރު ސަރަހައްދުން ގޮވުމެއްގެ އަޑު އިވިފައިވެ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އީރާނުން އިތުރު މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް ވެސް ވަނީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
އީރާނަށް ހަމަލާ ދިނުމަށްފަހު އިސްރާއީލު ވަނީ ކުއްލި ހާލަތަށްވެސް ގެނެސްފައެވެ.
އީރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރުދީ އެމެރިކާގެ އަސްކަރިއްޔާއިން އެ ގައުމު ކައިރި ތިބޭތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އީރާނުން ވަނީ އެ ގައުމަށް ހަމަލާއެއް ދީފިނަމަ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދީފައެވެ.