މި އަހަރުގެ ބަފްޓާ އެވޯޑުގެ ހޯސްޓުންގެތެރޭ އިންޑިއާގެ ބަތަލާ އާލިއާ ބަޓް

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް--ފޮޓޯ/ފިލްމުފެއަ

މި އަހަރު ބާއްވާ 79 ވަނަ ބްރިޓިޝް އެކަޑެމީ ފިލްމް އެވޯޑްސް (ބަފްޓާ)ގެ ހޯސްޓުންގެތެރޭ އިންޑިއާގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ހިމެނޭނެކަން އިއުލާންކޮށްފިއެވެ.

މި އަންނަ އާދީއްތަ ދުވަހު ލަންޑަންގައި ބާއްވާ މި އެވޯޑު ހަފްލާގައި އާލިއާއާ އެކު ހޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވެސް ޕްރެޒެންންގެ ގޮތުގައި ބައިވެރިވާނެއެވެ. އޭގެތެރޭގައި ކޭޓް ހަޑްސަން، ކިލިއަން މާފީ، އީތަން ހޯކް، މައިކަލް ބީ ޖޯޑަން، އެމާ ވަޓްސަންގެ އިތުރުން އީތަން ހޯކް އަދި އިތުރު ހޮލީވުޑްގެ ގިނަ ފަންނާނުން ހިމެނެއެވެ.

ބޮލީވުޑްގެ ބަތަލާ މި އަހަރުގެ ބަފްޓާ އެވޯޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި ބައިވެރިވާއިރު މީގެކުރިން މި އެވޯޑު ހަފްލާގައި އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ ޕްރެޒެންޓަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯން 2024ވަނަ އަހަރުގެ ބަފްޓާ އެވޯޑު ހަފްލާގައި ބައިވެރިވަނީ--ފޮޓޯ/ފިލްމުފެއަ

ހޮލީވުޑްގެ ފިލްމެއްގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާ އާލިއާ މިއީ އިންޓަނޭޝަނަލް އެވޯޑު ޝޯއެއްގައި ޕްރެޒެންޓަރެއްގެ ގޮތުގައި ބައިވެރިވާބެ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެއެވެ. މީގެއިތުރުން އާލިއާ އަކީ އިންޓަނޭޝަނަލް ލަގްޒަރީ ބްރޭންޑް 'ގުޗީ' ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ އިންޑިއާގެ ފަންނާނެވެ.

އިންޓަނޭޝަނަލް ސިނެމާގެ އުފެއްދުންތަކަށް ވެސް އެވޯޑު ދޭ ބަފްޓާގެ 'ދަ ބެސްޓް ޗިލްޑްރެންސް އެންޑް ފެމިލީ ފިލްމު ކެޓަގަރީއަށް ޕްރޮޑިއުސަރުން ކަމަށްވާ ފަރުހާން އަހްތަރު އަދި ރިތޭޝް ސިދުވާނީ ގެ ފިލްމު "ބޫންގް" ވަނީ ނޮމިނޭޓް ވެފައެވެ. މި ކެޓަގަރީގައި އިތުރަށް ވާދަކުރާ ފިލްމުތަކުގެތެރޭ ޑިޒްނީގެ "ލީލޯ އެންޑް ސްޓިޗް" އަދި "ޒޫޓޯޕިއާ 2"ގެ އިތުރުން ސައިންސް ފެންޓަސީ ފިލްމު "އާކޯ" ހިމެނެއެވެ.

comment ކޮމެންޓް