އާލިއާ ކުރިން އުޅުނު އެޕާޓްމަންޓް މަހަކު 11 ލައްކަ ރުޕީސްއަށް ކުއްޔަށް ދީފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރާއި އަންހެނުން އާލިއާ ބަޓް ކުރިން ދިރިއުޅުނު އަގުބޮޑު އެޕާޓްމަންޓް މަހަކު 11 ލައްކަ ރުޕީސްއަށް (11،494 ޑޮލަރަށް) ކުއްޔަށް ދީފިއެވެ.

މުމްބާއީގެ ޕާލީ ހިލްގައި ހުންނަ "ވާސްތޫ" ބިލްޑިންގުގެ ހަތްވަނަ ފަންގިފިލާގައިވާ މި އެޕާޓްމަންޓަކީ ރަންބީރު ކަޕޫރު 2016 ވަނަ އަހަރު ގާތްގަނޑަކަށް 35 ކްރޯޑް ރުޕީސްއަށް ގަނެފައިވާ ތަނެކެވެ. ކަޕޫރު އާއިލާގެ ތާރީޚީ ތަރިކަ ކަމަށްވާ "ކްރިޝްނާ ރާޖް" ބަންގްލޯއަށް ބަދަލުވުމުގެ ކުރިން ރަންބީރާއި އެކްޓަރުގެ އާއިލާ އުޅެމުންދިޔައީ ބަންދްރާގެ ޕާލީ ހިލްގައި ހުންނަ މި އެޕާޓްމަންޓުގައެވެ.

މި ޕްރޮޕަޓީގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް މި އެޕާޓްމަންޓް ކުއްޔަށް ދީފައިވަނީ އަދިތްޔާ ޝުކްލާ ނަމަކަށް ކިޔާ މީހަކަށެވެ. މި އެއްބަސްވުމުގެ ރަޖިސްޓްރީގެ ކަންކަން މިދިޔަ އަންގާރު ދުވަހު ނިމިފައިވާއިރު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 45 ލައްކަ ރުޕީސް ރަންބީރަށް ވަނީ ލިބިފައެވެ.

ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް މިހާރު ދިރިއުޅެމުން އަންނަ "ކްރިޝްނާ ރާޖް"ގެ ފޮޓޯއެއް--ފޮޓޯ/އިންޑިއާޓުޑޭ

މި ލަގްޒަރީ އެޕާޓްމަންޓަކީ މަޝްހޫރު އިންޓީރިއާ ޑިޒައިނަރު، އެކްޓަރު ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން އަމިއްލައަށް ފަރުވާ ކޮށްފައިވާ ތަނެކެވެ.

ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ރަންބީރުގެ މަންމަ ނީތޫ ކަޕޫރު މިހާރު ދިރިއުޅެމުދާ ކަޕޫރު "ކްރިޝްނާ ރާޖް" ބަންގްލޯއަކީ ގިނަ އަހަރުތަކެއް ވަންދެން އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ފަހު 2025 ވަނަ އަހަރު ނިންމާލި ބަންގްލޯއެކެވެ. މި ބަންގްލޯއަކީ ރަންބީރުގެ މާމަ ކްރިޝްނާ ރާޖް ކަޕޫރުގެ ނަމުން ނަންދީފައިވާ ތަނެކެވެ.

ގާތްގަނޑަކަށް 250 ކްރޯޑް ރުޕީސްގެ އަގުހުރި މި ބަންގްލޯ ރަޖިސްޓްރީކޮށްފައިވަނީ ރަންބީރާއި އާލިއާގެ ދަރިފުޅު ރަހާ ކަޕޫރުގެ ނަމުގައެވެ. ދެމަފިރިންގެ ފަރާތުން ދަރިފުޅަށް މި ބަންގްލޯ ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމިއިރު ނީތޫ ކަޕޫރަކީ ވެސް "ކްރިޝްނާ ރާޖް"ގެ މިލްކުވެރިންގެތެރޭ ހިމެނޭ މުހިއްމު އެއް ހިއްސާދާރެވެ.

މުމްބާއީގެ އިތުރުން ރަންބީރު ވަނީ ދާދި ފަހުން އަޔޯދިޔާއިން ވެސް ބިމެއް ގަނެފައެވެ. ސަރަޔޫ ކޯރުގެ އައްސޭރީގައި ތަރައްގީކުރާ "ދަ ސަރަޔޫ" މަޝްރޫއުން ރަންބީރު ގަނެފައިވާ ބިމުގެ އަގު 3.31 ކްރޯޑް ރުޕީސްއަށް އަރައެވެ.

މުމްބާއީގެ ޕާލީ ހިލްގައި ހުންނަ "ވާސްތޫ" ބިލްޑިންގުގެ 7 ވަނަ ފަންގިފިލާގައިވާ މި ލަގްޒަރީ އެޕާޓްމަންޓަކީ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކުރިން ދިރިއުޅުނު ތަނެވެ. މި ތަން މިހާރު ވަނީ މަހަކު 11 ލައްކަ ރުޕީސްގެ ކުއްޔަކަށް، އަދިތްޔާ ޝުކްލާ ނަމަކަށް ކިޔާ ފަރާތަކަށް 5 އަހަރު ދުވަހުގެ މުއްދަތަކަށް ދީފައެވެ. މި އެއްބަސްވުމުގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 45 ލައްކަ ރުޕީސް ވަނީ ނަގާފައެވެ. މިއީ 2016 ވަނަ އަހަރު ރަންބީރު ގާތްގަނޑަކަށް 35 ކްރޯޑް ރުޕީސްއަށް ގަނެފައިވާ، އަދި މަޝްހޫރު އިންޓީރިއާ ޑިޒައިނަރު ގޯރީ ޚާން ފަރުމާކޮށްފައިވާ ހިތްގައިމު އެޕާޓްމަންޓެކެވެ. ރަންބީރުގެ އާއިލާ މިހާރު ދިރިއުޅެމުންދަނީ ކަޕޫރު އާއިލާގެ ތާރީޚީ ތަރިކަ ކަމަށްވާ "ކްރިޝްނާ ރާޖް" ބަންގްލޯގައެވެ. ގިނަ އަހަރުތަކެއް ވަންދެން މަރާމާތުކުރުމަށްފަހު 2025 ވަނަ އަހަރު މަސައްކަތް ނިންމާލި މި ބަންގްލޯގެ އަގު ގާތްގަނޑަކަށް 250 ކްރޯޑް ރުޕީސްއަށް އަރައެވެ. ރަންބީރުގެ މާމަގެ ނަމުން ނަންދީފައިވާ މި ބަންގްލޯ ވަނީ، ރަންބީރާއި އާލިއާގެ ފަރާތުން އެމީހުންގެ ދަރިފުޅު ރަހާ ކަޕޫރަށް ދޭ ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި އެ ކުއްޖާގެ ނަމުގައި ރަޖިސްޓްރީކޮށްފައެވެ. މި ބަންގްލޯގެ މުހިންމު އެއް ހިއްސާދާރެއްގެ ގޮތުގައި ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ވެސް ހިމެނެއެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ދާއިރާގައި ރަންބީރު ދަނީ އިތުރު އިންވެސްޓްމަންޓްތައް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ އަޔޯދިޔާގެ ސަރަޔޫ ކޯރުގެ އައްސޭރީގައި ތަރައްގީކުރާ "ދަ ސަރަޔޫ" މަޝްރޫއުން ވެސް ބިމެއް ގަނެފައެވެ. މި ބިމުގެ އަގު 3.31 ކްރޯޑް ރުޕީސްއަށް އަރާކަމަށް މައުލޫމާތު ލިބެއެވެ.

  • ރަންބީރާއި އާލިއާގެ ކުރީގެ އެޕާޓްމަންޓް ކުއްޔަށް ދީފައިވަނީ މަހަކު 11 ލައްކަ ރުޕީސްއަށް 5 އަހަރުގެ މުއްދަތަކަށެވެ.
  • އެޕާޓްމަންޓް ކުއްޔަށް ހިފި ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 45 ލައްކަ ރުޕީސް ދައްކާފައިވެއެވެ.
  • ދެމަފިރިން މިހާރު ދިރިއުޅެނީ 250 ކްރޯޑް ރުޕީސްގެ އަގުހުރި "ކްރިޝްނާ ރާޖް" ބަންގްލޯގައެވެ.
  • އާއިލީ ބަންގްލޯ ހަދިޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ ދަރިފުޅު ރަހާ ކަޕޫރުގެ ނަމުގައެވެ.
  • ރަންބީރު ވަނީ އަޔޯދިޔާގެ "ދަ ސަރަޔޫ" މަޝްރޫއުން 3.31 ކްރޯޑް ރުޕީސްއަށް ބިމެއް ވެސް ގަނެފައެވެ.
  • ޕާލީ ހިލްގައި ހުންނަ ލަގްޒަރީ އެޕާޓްމަންޓުން ބޮޑު އާމްދަނީއެއް ހޯދުން.
  • އާއިލީ ތަރިކައަށް އިސްކަންދީ، ދަރިފުޅުގެ މުސްތަގުބަލަށް އިންވެސްޓްކުރުން.
  • ރިއަލް އެސްޓޭޓްގެ ދާއިރާއިން އިތުރު ބިންތައް ގަނެ މާލީ ތަނަވަސްކަން އިތުރުކުރުން.
comment ކޮމެންޓް