ޓިއުޝަން ސެންޓަރުގެ ވެރިޔާ: ކުޑަ ކުއްޖާއަށް 3 އަހަރު ތަކުރާރުކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު

އިތުބާރުކުރެވޭ މަގާމެއްގައިހުރެ ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ހމ. ޚައިރާތު، މާލެ، އުމުރުން 27 އަހަރުގެ ޢަލީ އަފްލަޙު -- ފޮޓޯ: ފުލުހުން

ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިއެއް, މެދުކެނޑުމެއްނެތި ތިން އަހަރު ތަކުރާރުކޮށް ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވާކަމަށް ފުލުހުން ތުހުމަތު ކޮށްފިއެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މިއަދު ވަނީ އޭނާގެ ވަނަވަރު ހާމަ ކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ, ހމ. ޚައިރާތު، މާލެ، އުމުރުން 27 އަހަރުގެ ޢަލީ އަފްލަޙު ކަމަށް ފުލުހުން ބުންޏެވެ. އޭނާއަކީ ވަރަށް ފުޅާކޮށް ޓިއުޝަން ދިނުމުގެ ވިޔަފާރި ކުރަމުން ދިޔަ މީހެކެވެ.

https://sun.mv/217933

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.

އަދި އަފްލަޙު ހައްޔަރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެ.

އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ރާއްޖޭގައި އާއްމު މައްސަލައެކެވެ. އިއްޔެވެސް ފުލުހުން ވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެނެއްގެ ވަނަވަރު ހާމަކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އެގޮތުން މި މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް