ފުރަތަމަ ކްރޫސްލައިނާ ރާއްޖެ ގެނައި އޮޕަރޭޓަރުގެ އިތުރު ބޯޓެއް، 2،600 ފަތުރުވެރިންނާ އެކު ރާއްޖޭގައި

ރާއްޖެއައި ފުރަތަމަ ކްރޫސްލައިނާ އޮޕަރޭޓަރުގެ އިތުރު ބޯޓެއް 2،600 ފަތުރުވެރިންނާ އެކު ރާއްޖޭގައި --

އެންމެ ފުރަތަ ރާއްޖެ އައި ކުރޫސްލައިނާ އޮޕަރޭޓަރުގެ އިތުރު ބޯޓެއް 2،600 ފަތުރުވެރީންނާ އެކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ރާއްޖެ އައިސްފައިވާ ބާމިއުޑާގެ މި ކުރޫސްލައިނާ ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 18:00 ގައެވެ. އަދި، 'ކުއީން އޭން' ނަމަކަށް ކިޔާ މި ކްރޫސްލައިނާ ރާއްޖެއައިސްފައި ވަނީ ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާއިން ފުރައިގެންނެވެ. މި ބޯޓު ދެން މަޑުކުރާނީ ސްރީލަންކާގެ ކޮލަންބޯއަށެވެ.

ދިގުމިނުގައި 323 މީޓަރު އަދި ފުޅާމިނުގައި 36 މީޓަރު ހުންނަ މި ކްރޫސްލައިނާ ރާއްޖެ އައިސްފައިވަނީ ޖުމުލަ 2،669 ފަތުރުވެރީންނާއި 1،235 ކުރޫއިންނާ އެކުގައެވެ.

ރާއްޖެއައި ފުރަތަމަ ކްރޫސްލައިނާ އޮޕަރޭޓަރުގެ އިތުރު ބޯޓެއް 2،600 ފަތުރުވެރިންނާ އެކު ރާއްޖޭގައި---

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ކްރޫސްލައިނާއަކީ ރާއްޖެއަށް ފުރަތަމަ އައި ކްރޫސްލައިނާ އޮޕަރޭޓަރުގެ އިތުރު ބޯޓެއް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ކްރޫސްލައިނާތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނަޝީދު ވަނީ ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެއަށް ބާލާނެ ތަނެއް ނެތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގޮތުން، އެކަން ކުރުމަށް ހުއްދަ ދީފައި އޮންނަނީ އެއް ނަންބަރު ޖެޓީއާއި މަސްވެރިންގެ ޕާކު ސަރަހައްދަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ތަންތަނުގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ ފަތުރުވެރިން އަޔަސް، މާލެއަށް ބާލާނެ ތަނެއް ނެތްކަން ކަންބޮޑުވުމާ އެކު، ނަޝީދު އޭރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް