އެޕްސްޓީންއާއެކު މާލީ އެއްވެސް މުއާމަލާތެއް ނުހިންގަން، ބައްދަލުކުރިއިރު ކުރެވޭ ތުހުމަތެއް ނޭނގޭ: ޑރ. ވަހީދު

ކުރީގެ ރައީސް ވަހީދު: ވިދާޅުވީ އެޕްސްޓީންއާއެކު މާލީ އެއްވެސް މުއާމަލާތެއް ނުހިންގަން، ބައްދަލުކުރެއްވިއިރު ކުރެވޭ ތުހުމަތެއް ނޭނގޭ ކަމަށް -- ސަން ފޮޓޯ

ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ޖަލަށް ލާފައި ވަނިކޮށް މަރުވި، އެމެރިކާގެ ބިލިޔަނަރު ޖެފްރީ އެޕްސްޓީން އާތަފްސީލްއާއެކު މާލީ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށާއި އޭނާއާ ބައްދަލުކުރެއްވިއިރު، ކުރެވޭ ތުހުމަތުތައް ސާފުވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އިސްތިއުފާދެއްވީ، ހުތުރު, ބޮޑެތި, ތުހުމަތުތަކެއް ކޮށް, މަރުވި އިސްރާއީލުގެ ޖާސޫސީ އެޖެންޓެއް ކަމަށްވާ އެޕްސްޓީން އާއި މެއިލް މެދުވެރިކޮށް ދެއްކެވި ކަމަށް ބުނާ ވާހަކަފުޅުތަކެއް އާންމު ވެފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/217524

އެ ކަންކަމާ ގުޅިގެން ވަހީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވަނީ، އެޕްސްޓީންއާ އެ މަނިކުފާނު ބައްދަލު ކުރެއްވީ ދެ ފަހަރެއްގެ މަތީން ކަމަށެވެ. މި ގޮތުން، އެ ބައްދަލުކުރެވުންތަކަކީ، ރަސްމީ ހައިސިއްޔަތުން ބޭއްވި ބައްދަލުވުންތަކެއް ކަމަށް ބަޔާނުގައިވެއެވެ.

އެޕްސްޓެއިން: ވަހީދު ވިދާޅުވީ، އެޕްސްޓީންއާއެކު މާލީ އެއްވެސް މުއާމަލާތެއް ނުހިންގަން، ބައްދަލުކުރެއްވިއިރު ކުރެވޭ ތުހުމަތެއް ނޭނގޭ ކަމަށް ----

އޭގެތެރެއިން ފުރަތަމަ ބައްދަލުވުމަކީ، ސެޕްޓެމްބަރު 23، 2012ގައި ރޭގަނޑުގެ ކެއުމެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވި ކަމަށް ވަހީދު ވިދާޅުވިއެވެ.

އެއާއެކު، ދެވަނަ ފަހަރަށް އެޕްސްޓީންއާ ބައްދަލުކުރެއްވީ، އެ މަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދާ އެކުގައި މެއި 18، 2014ގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޑރ. ވަހީދު ވިދާޅުވި ގޮތުގައި، އެޕްސްޓީންއާއެކު، ރަސްމީ ގޮތުންނާއި އެހެން ހައިސިއްޔަތަކުން ވެސް މާލީ މުއާލާތެއް ހިންގާފައެއް ނުވާނެއެވެ.

އެޕްސްޓީންއާ ބައްދަލުކުރެއްވިއިރު، އޭނާގެ މައްޗަށް 2008 ވަނަ އަހަރު ކޮށްފައިވާ ތުހުމަތުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ކަން އެނގިވަޑައިގެންފައި އޮތްނަމަ، ފުރަތަމަ ބައްދަލުވުމަށް ފަހުގައި އިތުރު ބައްދަލުވުމަކާއި މުއާމަލާތެއް ނުހިންގެވީސް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރަށް، އެޕްސްޓީންއާ ބައްދަލުކުރެއްވީ އިގުތިޞާދީ މަޝްވަރާއަށް ރާއްޖޭން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެކަމުގައި މަޝްވަރާ ހޯދުމަށް ލަފާދެއްވީ ނިއުޔޯކުގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެޕްސްޓީންގެ ފައިލްތަކާއެކު އެމެރިކާގެ ކުރީގެ ބައެއް ރައީސުންކަމަށްވާ ޖޯޖް ބުޝް، ބިލްކްލިންޓަން ފަދަ ބޭފުޅުންނާއި ބިލްގޭޓްސްފަދަ އެމެރިކާ މަޝްހޫރު އެތައް މަހުޖަނަކުވެސް ވަނީ ބޭޒާރުވެފައެވެ.

މީގެ އިތުރުން ގަލްފުގެ ބައެއް އަރަބި ގައުމުތަކުގެ ބައެއް މަސްއޫލުވެރިންނާއި ނޯވޭގެ ކްރައުން ޕްރިންސެސް ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ޝާހީ އާއިލާތަކުގެ އިސްބޭފުޅުންވެސް ވަނީ ބޭޒާރުވެފައެވެ.

comment ކޮމެންޓް