ބަންޑުން ޖަހާލި ދޯނިން ގެއްލުނީ ދިވެއްސަކާއި ބިދޭސީއެއް

ދޯނި ބަންޑުން ޖަހާލާފައި: އެ ދޯނިން ދިވެއްސަކާއި ބިދޭސީއެއް ވަނީ ގެއްލިފައި -- ފޮޓޯ/ އެމްއެންޑީއެފް

މިއަދު ހެނދުނު ބަންޑުން ޖަހާލި ދޯނިން ގެއްލުނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު 7:27 އެހާކަންހާއިރެވެ.

އެމްއެންޑީއެފުން ބުނީ، ދެ މީހަކު ގެއްލިގެން ހޯދަނީ، "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން ކަމަށެވެ.

އެހެންވެ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

https://sun.mv/216819

ހަތަރު މީހުން ދަތުރުކުރި އެ ބޯޓުން ދެ މީހަކު، އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަނެއް ދެ މީހުންނެއް ނުފެނެއެވެ. އެއީ، ދިވެއްސަކާއި ބިދޭސީއެކެވެ. އެ މީހުން ހޯދަން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހާދިސާއާ ގުޅޭ އެހާ ގިނަ ތަފުސީލުތަކެއް ފުލުހުންނާއި ސިފައިން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

މީގެ ކުރިން، ވެސް ކޮޅުވެއްޓި ބަންޑުން ޖަހާލައި، މީހުން ގެއްލިފައި އެބަހުއްޓެވެ. އަދި، މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.

comment ކޮމެންޓް