ޖުނައިދާއި ސައިގެ ފިލްމު މެއި މަހު

ފިލްމު "މަހާރާޖް"އިން ބޮލީވުޑަށް ތައާރަފުވި ޒުވާން އެކްޓަރު ޖުނައިދު ޚާންގެ އާ ފިލްމު "އޭކް ދިން" ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށް ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ކުންފުނިން އެކްޓަރު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހަށެވެ.

ފިލްމު "އޭކް ދިން"އިން ޖުނައިދުއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ އަލަށް ބޮލީވުޑަށް ތައާރަފުވާ ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ސައި ޕައްލަވީއެވެ. ސައި ޕައްލަވީ އަންނަނީ ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ބަހާލައިގެން އުފައްދާ ހުރާފީ ފިލްމު "ރާމާޔަން"ގައި ވެސް މަސައްކަތް ކުރަމުންނެވެ.

ޖަޕާންގައި ވަރަށް ބޮޑު ބައެއް ޝޫޓްކޮށްފައިވާ ފިލްމު "އޭކް ދިން" އަކީ ސުނިލް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ޖުނައިދު އާމިރުގެ ޚާން ޕްރޮޑިއުސްކޮށް އާމިރުގެ ފިލްމު ކުންފުނިންގެ ގެނެސްދޭ ޖުނައިދުގެ ދެވަނަ ފިލްމެވެ.

ފިލްމު "އޭކް ދިން"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޖުނައިދު ފުރަތަމަ މަސައްކަތްކުރި އެ ކުންފުނީގެ ފިލްމަކީ މިދިޔަ އަހަރުގެ ބަތަލާ ޚުޝީ ކަޕޫރާ އެކު ކުޅުނު ފިލްމު "ލަވްޔާޕާ"އެވެ. ފިލްމު "ލަވްޔާޕާ"އަށް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ބޮލީވުޑަށް މިފަހުން ތައާރަފުވި ޒުވާނުންގެ ތެރެއިން އެންމެ އުއްމީދީ ކުރިމަގެއް އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޖުނައިދުގެ ފިލްމު ކެރިއަރާ މެދު ފަޚުރުވެރިވާ ކަމަށް އާމިރު ވަނީ ބުނެފައެވެ. ޚާއްސަކޮށް އާމިރުގެ އެއްވެސް ކަހަލަ އެހީތެރިކަމެއް ނެތި ޖުނައިދު އަމިއްލަ މަސައްކަތުން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމަކީ އެކަމާމެދު ފަހުރުވެރިވާ ކަމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމުތަކުގައި މަސައްކަތް ކުރަމުން ވެސް ޖުނައިދު އަންނަނީ ބަރާބަރަށް ތިއޭޓަރު ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް