އުރީދޫ ގޯލްޑަން ފުޓްސަލް ގިވްއަވޭގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

އުރީދޫ ގޯލްޑަން ފުޓްސަލް ގިވްއަވޭގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި -- ފޮޓޯ/ އުރީދޫ

އުރީދޫ ގޯލްޑަން ފުޓްސަލް ގިވްއަވޭގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި ގިވްއަވޭގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ ޅ. ހިންނަވަރަށް ނިސްބަތްވާ ފާތިމަތު ޝައީދާއެވެ. އެ ގިވްއަވޭއާ ހަވާލުވެފައި ވަނީ އަހުމަދު އާޔަންއެވެ.

އުރީދޫން ބުނީ ހުޅުމާލެ، ރެހެންދި ޓާފުގައި ހުރި އުރީދޫ ސޭލްސް ޓެންޓަށް ޒިޔާރާތްކޮށްގެން އުރީދޫގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ ލަކީ ޑްރޯއިން ކޮންމެ ހަފުތާއަކު ހަދިޔާ ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އުރީދޫން ބުންޏެވެ.

މެޗުތައް ކުރިއަށްދާ ދުވަސްތަކުގައި ހަވީރު 16:00އިން ރޭގަނޑު 23:00އާ ހަމައަށް އުރީދޫގެ އޮފިޝަލުން އެތަނުގައި ތިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ލަކީޑްރޯގައި ބައިވެރިވުމަށް އުރީދޫ ސުޕަނެޓް، 5ޖީ އެއާފައިބާ، ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް އެކްޓިވޭޓްކޮށްގެން ވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް