މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އުރީދޫން ތައާރަފްކުރި "ކަރާ ފެޅުން" ގޭމުގައި އުރީދޫން "ކަރާ ކުއެސްޓް" ތައާރަފުކޮށްފިއެވެ.
މައިއުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުޅެވޭ މި ގޭމާ ގުޅޭގޮތުން އުރީދޫން ބުނީ، މިއީ ކަރާ ފަޅައިގެން ކުުޅުންތެރިންގެ ޓީމަށް ޕޮއިންޓު ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ.
އުރީދޫ ކަރާ ކުއެސްޓަކީ، ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެއެވެ.
އުރީދޫން ބުނީ، ކަރައެއް ފެޅުމުން އެ ތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެ ކަމަށާއި، އެއީ އެ ސަރަހައްދެއް ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެއް ކަމަށެވެ.
"ކަރާ ކުއެސްޓު"ގެ ސަބަބުން ރަމަޟާން މަހުގެ ރޫހުގައި އާއިލާއާއެކު ކަރާ ފެޅުމަށް އިތުރު ހިތްވަރެއް ލިބޭނޭ ކަމަށްވެސް އުރީދޫން ބުންޏެވެ.
''ކަރާ ފެޅުން'' ގޭމު ފަރުމާކޮށްފައި ވަނީ، އާއިލާއާއި ރައްޓެހިންނަށް އެކުގައި ބައިވެރިވެވޭ ގޮތަށެވެ. އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުޅެވޭ އެ ގޭމުގައި 'ރަތް ލަޝްކަރު' ނުވަތަ 'ނޫ ލަޝްކަރު'ގައި ހިމެނިގެން ކުޅެވޭނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެ ގޭމުން އެންމެ ބޮޑު އިނާމަކަށް ލިބެނީ، އެއް ލައްކަ ރުފިޔާގެ ކްރިއޭޓާ ބަންޑަލްއެކެވެ. އޭގެތެރޭގައި ހިމެނެނީ، އައިފޯން 17 ޕްރޯއަކާއި މެކްބުކަކާއި އައިޕެޑަކާއި ދެ ޑްރޯންއަކާއި އޮސްމޯ ޕޮކެޓް ކްރިއޭޓާއެކެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް ގޭމް ކުޅޭ ކޮންމެ މީހަކަށް ގޭމުގެ ތެރެއިން އެއް ހަދިޔާ ލިބޭނެއެވެ. އަދި ކޮންމެ ދުވަހަކު، އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހަދިޔާއެއް ވެސް ދޭން ހަމަޖެހިފައިވެއެވެ.