މާލެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރަން ހުރި ދަތިތައް ރައީސްއާ ހިއްސާކޮށްފި

މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގައި އުޅޭ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގައި ދިމާވާ ދަތިތައް، އެކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ވެރިން، މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިއްސާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ރައީސް ވަނީ، މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި އެ ކުންފުނިތަކުގެ ވެރިންނަށް، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ހުރިހާ ދަތިތައް ރައީސަށް ހުށަހަޅަން ފުރުސަތު ދިން ކަމަށެވެ.

މިގޮތުން، މުދާ އުފުލާ ގަޑިއާއި ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމުގެ ކަންބޮޑުވުން އެ ވެރިން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިން ހުށަހެޅުއްވި ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/215480

މުދާ ކްލިއާ ކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރެއްވިއިރު، މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ދިގުކުރަން މިދިޔަ މަހު 17ގައި، އެ މަނިކުފާނު ވަނީ ނިންމަވަފާއެވެ.

މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށާއި ކުރިން ރުފިޔާއިން ދައްކަންޖެހޭ ބައެއް ފީތަކަށް ވެސް ގެނެވެން އޮތް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އޭރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް