ތިން ބިދޭސިއަކު ހިފަހައްޓައި، ކާބޯތަކެތީގެ ޚިދުމަތްދޭ ފަސް ތަނެއް ބަންދުކޮށްފި

އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ބިދޭސިއަކާ ސުވާލުކުރަނީ: ތިން ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ފަސް ތަނެއް ވަނީ ބަންދުކޮށްފަ --- ފޮޓޯ: ފުލުހުން

ގަވައިދާ ޚިލާފަށް އުޅެމުން ދިޔަ ތިން ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ކާބޯތަކެތީގެ ޚިދުމަތްދޭ ފަސް ތަނެއް ބަންދުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އިމިގްރޭޝަނާއި ކަސްޓަމްސްއާއި އެމްއެފްޑީއޭ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމުލަ ދިހަ ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

އޭގެ ތެރެއިން، ނޯޓިސް ދިނުމަށްފަހު ފަސް ތަނެއް ބަންދުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

އަދި ގަވައިދާ ޚިލާފަށް އިޅެމުން ދިޔަ ތިން ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް، ފުލުހުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ހުއްދަނެތި ވިޔަފާރިކުރަމުން ދިޔަ ތިން ބިދޭސިއަކު ހައްޔަރުކޮށް، މިދިޔަ މަހުގެ ފަހުކޮޅު ފަސް ދުވަހަށް ބަންދުވެސް ކުރިއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގަވާއިދަށް ފެއްތުމަށް ޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެގޮތުން ނުގަވައިދުން އުޅޭ ބިދޭސީންނާއި, ހުއްދަ ނެތި ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެފަދަ ގިނަ ވިޔަފާރިތަކެއް މިހާތަނަށް ވަނީ ބަންދު ކޮށްފައެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ އެތައް ބިދޭސީންނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

comment ކޮމެންޓް